އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

މާލެއަށް އުދަ އަރަނީ: ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލުވާން ވަނީ އެދިފައި -- ސަން ފޮޓޯ: ނާއިޝް ނާހިދު

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އިދާރާ (މެޓް)އިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

ސަމާލު ނެރެފައި އޮތީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، މިއަދު ހެނދުނު 11:30އިން ފެށިގެން 15:30ގެ ނިޔަލަށެވެ.

އެހެން ނަމަވެސް މެޓުން ލަފާކޮށްފައިވާ ގޮތުގައި މިއަދުގެ މޫސުން ރަނގަޅުވާނެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.

ހުޅަނގުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭވެހި، ބައެއް ރައްޔިތުންނަށް ގެއްލުންތައް ވެސް ކުރިމަތިވެފައެވެ.

މެޓުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ހުޅަނގު މޫސުން ޑިސެންބަރާ ހަމަޔަށް ދިގުދެމިގެންދާނެއެވެ.

އެހެން ނަމަވެސް މެޓުން ލަފާކޮށްފައި އޮތީ ކުރިޔަށް އޮތް ހަތަރު ދުވަހުގެ މޫސުން ވެސް ރަނގަޅުވާނެ ކަމަށެވެ.

comment ކޮމެންޓް