އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސާއި އަބްދުއްރަހީމް ބައްދަލު ކުރައްވައިފި

ލޯކް ސަބާގެ ސްޕީކާ، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރެއްވުން -- ފޮޓޯ/ އެކްސް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ (ލޯކް ސަބާ)ގެ ސްޕީކާ، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ ސްވިޓްޒަލެންޑުގެ ޖެނީވާގައި ކުރިޔަށްދާ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 149ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

ލޯކް ސަބާގެ ސްޕީކާ، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރެއްވުން -- ފޮޓޯ/ އެކްސް

އައިޕީޔޫގައި ބައިވެރިވެ ވަޑައިގެން އަބްދުއްރަހީމް ވަނީ ތަގުރީރު ވެސް ކުރައްވައިފައެވެ.

އެ ތަގުރީރުގައިވަނީ ޓެކްނޮލޮޖީ ކުރިއެރުވުމަށް ގާނޫނު ހަދާ މަޖިލިސްތަކުން އަދާކުރާ ދައުރު އިތުރުކުރުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ޑިމޮކްރަސީއަށް ހުރި ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނެތިކޮށްލުމަށް ހިންގަމުންދާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ވަގުތުން އެ ކަން ހުއްޓައިލުމަށް ގޮޮވާލައްވައިފައެވެ.

ލޯކް ސަބާގެ ސްޕީކާ، ޝްރީ އޯމް ބިރްލާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައްދަލު ކުރެއްވުން -- ފޮޓޯ/ އެކްސް

އައިޕީޔޫއަކީ ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅިގެން ގަރާރުތައް ފާސްކުރާ، އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ހިމަނައިގެން އުފައްދާފައިވާ ޔޫނިއަނެކެވެ.

މި އަހަރުގެ އައިޕީޔޫ ފަށާފައިވަނީ މެންބަރު 135 ގައުމަކުން 1،500އަށްވުރެ ގިނަ ބައިވެރިންނާ އެކުގައެވެ.

މިދިޔަ އާދިއްތައިގައި ފެށި އައިޕީޔޫ ކުރިޔަށްދާނީ އަންނަ ބުރާސްފަތީގެ ނިޔަލަށެވެ.

comment ކޮމެންޓް