ވިފާގުގެ މަރު: ޖިންސީ ގޯނާގެ އެއްވެސް ނިޝާނެއް ނެތް

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު: އޭނާ ވިދާޅުވީ ވިފާގުގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި އާއިލާއަށް ތުހުމަތުކުރެވޭ އެއްވެސް ޖިންސީ ގޯނާގެ ކަމެއް އޭނާގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ވިފާގު މަރުވީ އޭނާ ދިރިއުޅެމުން އައި މ. ހަސޯވާގެ 10 ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ.

އޭނާގެ މަރުގެ މައްސަލައިގައި އޭނާގެ ދޮންބައްޕައަށް ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއްކޮށް 'ޗެނަލް 13'އިން ވަނީ ވީޑިއޯއެއް ދުރަށް ދައްކައިފައެވެ. އެ މައްސަލައިގައި އާއިލާއަށް އެ ރިޕޯޓުގައި ތުހުމަތުތަކެއް ކުރިއެވެ.

ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު: އޭނާ ވިދާޅުވީ ވިފާގުގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށް --- ސަން ފޮޓޯ/ މޫސާ ނަދީމް

ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް, ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހަސަން ޝިފާއު ވަނީ އެ ރިޕޯޓުގައިކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ވަނީ މުޅި ހާދިސާ ހިނގާ ދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ހިއްސާކޮށްފައެވެ.

ވިފާގު ވެއްޓުނީ އެ ދުވަހު ހަވީރު 17:37 ގައެވެ. އޭނާ ވެއްޓުނީ އެ ގޭގެ ތިރީގައި އޮތް ޕިކަޕެއްގެ ތެރެއަށެވެ.

އެއަށް ފަހު ވިފާގު ވެއްޓުނުތާ 30 ސިކުންތު ތެރޭގައި އެ ޕިކަޕުގައި އޭނާ ހޮސްޕިޓަލަށް ގެންދަން ދަތުރު ފެށި ކަމަށް ފުލުހުން ބުންޏެވެ. އޭނާ ވެއްޓުނީ 89 ފޫޓު މަތިންނެވެ. ވެއްޓުމަށް ފަހު އޭނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިފާއު ވިދާޅުވީ، އޭނާ ވެއްޓުނުއިރު އޭނާގެ ފޯނާއި އިއާޕޮޑް މަގުމައްޗަށް ވެއްޓުމުން، މަންމަ އެ ތަކެތި ނެގި ކަމަށެވެ. އެކަމަކު، އެ ތަކެތި ފުލުހުންނާ ހަވާލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ވިފާގު ވެއްޓިގެން އުޅޭކަން ފުލުހުންނަށް ރިޕޯޓުކުރިއިރު އޭނާގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

https://sun.mv/197670

މި މައްސަލައިގެ ތަހުގީގުގައި އެންމެ އިސްކޮށް އުޅުނު އޮފިސަރުގެ ހައިސިއްޔަތުން ޝިފާއު ވިދާޅުވީ، 2016 ވަނަ އަހަރުން ފެށިގެން ވިފާގު އައީ ނަފުސާނީ ބައްޔަށް ބޭސްކަމުން ކަމަށެވެ.

"މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ތުހުމަތެއް ނުކުރެވޭ،" އޭނާ ވިދާޅުވިއެވެ.

މި މަރުގެ މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެ ފަދަ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ކުއްޖާގެ ހަށިގަނޑުން ހަދަންޖެހޭ ޓެސްޓުތައް ފުލުހުން ހެދި ކަމަށާއި އެ ޓެސްޓްތަކުން އެ ފަދަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި 'ޗެނަލް13'އިން ގެނައި ޕްރޮގްރާމްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް