ޗެނަލް 13އިން ގެނެސްދިން "ބެލްކަނި"ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ޗެނަލް 13އިން ގެނެސްދިން "ބެލްކަނި"ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ -- ސަން ފޮޓޯ/ އަލީ ނަސީރު

ޗެނަލް 13އިން ރޭ ގެނެސްދިން "ބެލްކަނި"ކިޔާ ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބަލަން ފަށައިފިއެވެ.

މި ޑޮކިއުމަންޓްރީ އަކީ 14 އޮގްސްޓުގައި ބެލްކަނިން ވެއްޓި ޒުވާނަކު މަރުވި ހާދިސާއަކާ ގުޅޭގޮތުން ހަދާފައިވާ ޑޮކިއުމަންޓްރީއެކެވެ. މި ޑޮކިއުމަންޓްރީ ގެނެސްދޭކަމުގެ އިޝްތިހާރު އެ ޓީވީން ދައްކަން ފެށުމުން ބްރޯޑްކޮމް އިން ވަނީ އެ ޑޮކިއުމަންޓްރީ ނުގެނައުމަށް އެދިފައެވެ.

ނަމަވެސް، ބްރޯޑްކޮމްގެ އެންގުމާ ޚިލާފަށް އެ ޑޮކިއުމަންޓްރީ ދެއްކުމުން އެ ކޮމިޝަނުން ވަނީ ޗެނަލް 13އަށް ސިޓީއެއް ފޮނުވާފައެވެ.

އެ ޑޮކިއުމަށްޓްރީގެ މައްސަލަ ބަލާކަން ފާހަގަކޮށް އެ ސިޓީގައި ވަނީ، ޗެނަލް 13ގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ޑޮކިއުމަންޓްރީ ނަގަން އަންގާފައެވެ. އަދި ވަކި އެއްޗެއް އަންގަންދެން އެ ޑޮކިއުމަންޓްރީ ބްރޯޑްކާސްޓް ނުކުރުމަށް ވެސް އަންގައިފައި ވެއެވެ.

މި މައްސަލަ ބްރޯޑްކޮމް އިން ބަލަނީ އަވަސް މައްސަލައެއްގެ ގޮތުގައެވެ.

comment ކޮމެންޓް