އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވި 'ޕިންކް ރިބަން ރަން ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް) އިން ދެ ލައްކަ ރުފިޔާގެ އެހީ ދީފިއެވެ.
'ޕިންކް ރިބަން ރަން ވޯކް' އަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1728729181469OZc.jpg)
"ޕިންކް ރިބަން ރަން ވޯކް" ހަރަކާތުގެ ތެރެއިން: ދެލައްކަ ރުފިޔާގެ އެހީ ބީއެމްއެލްއިން ވަނީ ދީފައި -- ފޮޓޯ/ ބީއެމްއެލް
އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން 11 ރަށެއްގައި މި އިވެންޓް އިއްޔެ ވަނީ ބާއްވާފައެވެ. މި އިވެންޓުގައި 2،400 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ.
މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އާންމުންނަށް އަންގައިދިނުމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_172872921744nXEJ.jpg)
"ޕިންކް ރިބަން ރަން ވޯކް" ހަރަކާތުގެ ތެރެއިން: ދެލައްކަ ރުފިޔާގެ އެހީ ބީއެމްއެލްއިން ވަނީ ދީފައި -- ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ކެންސަރު ހުންނަ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 200,000 ރުފިޔާ ސީއެސްއެމްއަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
ދެހާސްސޯޅަ ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ސީއެސްއެމް އަށާއި 'ޕިންކް ރިބަން ރަން ވޯކް' އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.