އަދިވެސް މޫސުން ވަރަށް ގޯސް: ށ. އިން ފ. އަތޮޅަށް ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

މާލޭގައި ވިއްސާރަ ދުވަހެެއްގައި ބަޔަކު ހިނގާފައި ދަނީ: ކަނޑުތަކާއި ވައި ވަރަށް ގަދަ: ށ. އިން ފ. އަތޮޅަށް ރީނދޫ ސަމާލު އިތުރުކޮށްފި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކަނޑުތަކާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

އެ އިދާރާއިން ވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މިއަދު 11:00 ގައި ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިރޭ 7:00 އަށް ދަންމާލާފައެވެ. އޭގެފަހުން އަނެއްކާ ވެސް މެޓުން ވަނީ އެ ސަމާލު އިތުރުކޮށްފައެވެ.

މެޓުން ށ. އަތޮޅުން ފ. އަތޮޅަށް ރީނދޫ ސަމާލު އިތުރުކޮށްފައި ވަނީ އިރުއޮއްސި 7:00 އިން ފެށިގެން މިރޭ 23:00 އަށެވެ.

އެގޮތުން، އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަތަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަންނަނީ ވިއްސާރަ ކުރަމުންނެވެ.

އެގޮތުން، މާލެއަށް މިއަދު ކުރި ވިއްސާރައިގައި ވަނީ މާވެޔޮމަގު ކައުންޓްލައިން ފިހާރަ ސަރަހައްދުގައި ހުރި ބޮޑު ގަހެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ބައެއް އުޅަނދުތަކަށް ގެއްލުންވެފައެވެ.

comment ކޮމެންޓް