ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ފިލްމީ ތަރި އަކްޝޭ ކުމާރު ހެއްވާ މަޖާ ރޯލަކުން ފެންނާ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ނެޓްފްލިކްސްގައި ޕްރީމިއާކުރަން ފަށައިފިއެވެ.
މިދިޔަ އޮގަސްޓް މަހު ސިނަމާތަކުގައި އެޅުވި މި ފިލްމަކީ ކުރީގެ އެކްޓަރު ފަރުދީން ޚާން ރަސްމީކޮށް ފިލްމީ ދާއިރާއާ ގުޅުނު ފިލްމު ވެސް މެއެވެ. 'ކިލާޅީ'ގެ ނަމުން ފިލްމު އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދި އެކްޓަރު އަކްޝޭއަކީ އޭނާ ކުޅޭ އެކްޝަން އަދި ލޯބީގެ ފިލްމުތަކުން ވެސް ބެލުންތެރިންގެ ތަރުހީބު ހޯދާ އެކްޓަރެކެވެ.
ގިނަ އެކްޝަން ފިލްމުތަކަށް ފަހު އަކްޝޭ ކުޅުނު ހެއްވާ މަޖާ ފިލްމުތަކުން އޭނާއަށް ލިބުނު ތަރުހީބު ވަރަށް ބޮޑަށް ވެސް ވަނީ އިތުރުވެފައެވެ.
ޖުމްލަ 100 ކްރޯޑު ރުޕީސްއިން އުފެއްދި ޑައިރެކްޓަރު މުދައްސަރު އަޒީޒުގެ މި ފިލްމު ސިނަމާތަކުގައި އަޅުވައިގެން ލިބުނު ތަރުހީބު ކުޑަވުމާ އެކު ފިލްމަށް ވިޔަފާރީގެ ގޮތުން މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް, ފިލްމު ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކާލުމުން ފިލްމަށްދިޔަ ޚަރަދު ފޫބެއްދޭނެ ކަމަށް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.
މި ފިލްމު ސިނަމާތަކުގައި ދައްކައިގެން ލިބުނު އާމްދަނީގެ އަދަދު ދަށްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ އަރަބި ޤައުމުތަކުގައި މި ފިލްމު ދެއްކުން މަނާކުރުމުން ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ.
ފިލްމު "ކޭލް ކޭލް މޭ" ނެޓްފްލިކްސްގައި ޕްރީމިއާކުރަން ފެށުމާ އެކު ފިލްމު ބެލި ބައެއް މީހުން ބުނެފައިވަނީ މި އަހަރު މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އިސްތިރީ 2"އަށް ވުރެ ވެސް އަކްޝޭގެ މި ކޮމެޑީ ފިލްމު މާ ރީތި ކަމަށެވެ.
އަކްޝޭއާއި ފަރުދީން ޚާންގެ އިތުރުން މި ފިލްމުގެ މުހިއްމު ކާސްޓުންގެ ތެރޭ ވާނީ ކަޕޫރު، ތާޕްސީ ޕަންނޫ، ޕްރަގިއާ ޖައިސްވާލް، އަދިތިޔާ ސީލް އަދި އައްމީ ވާކް ހިމެނެއެވެ.