ގުދުރަތީ އަޑުތަކުން ނަފުސާނީ ދުޅަހެޔޮކަމަށް ފައިދާ

ވަށައިގެންވާ މާހައުލުގެ އަޑުތަކަކީ ބޮޑެތި ސިޓީތަކުގައި އުޅޭ ނަމަ އަޑު އަހަން މާ ހިތްގައިމު އަޑުތަކެއް ނޫނެވެ. ނަމަވެސް, ގުދުރަތީ މާހައުލެއްގައި އުޅޭނަމަ މިއީ އަޑު އަހާ ފޫހިވާނެ އަޑުތަކެއް ނޫނެވެ. މިއީ ނަފުސާނީ ދުޅެހެޔޮ ކަމަށް ވެސް ފައިދާ ކުރާ އަޑުތަކެއް ކަމުގައި ދިރާސާއިން ވެސް ބުނެއެވެ.

ވާރޭވެހޭ އަޑުން ފެށިގެން ގޮނޑުދޮށަށް ރާޅު ބީއްސާ އަޑުތަކަކީ އެ އަޑު އަހައި ފޫހިނުވާނެ އަޑުތަކެކެވެ. މި އަޑުތަކުން ލިބެނީ ވަރަށް ތަފާތު ހިތްގައިމު ކަމެކެވެ. އަދި، މި އަޑުތަކަކީ ނަފުސާނީ ދުޅަހެޔޮ ކަމަށް ފައިދާ ކުރާ އަޑުތަކެކެވެ. އަދި، އޭގެ ސަބަބުން މީހާގެ އާންމު ދިރިއުޅުމަށް ވެސް އޭގެ އަސަރު ރަނގަޅު ގޮތުގައި ކުރާ އަޑުތަކެއް ކަމަށް ދިރާސާއިން ބުނެއެވެ.

ސައިކޮލޮޖީ ޓުޑޭއަށް މިދިޔަ އަހަރު އާންމުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ގުދުރަތީ އަޑުތައް އާންމުކޮށް އަހައި އުޅުމާއި މީހުންގެ ސްޓްރެސް ލެވެލް ދަށްވުމާއި މޫޑު ރަނގަޅުވުމާ ގުޅުން ހުންނަކަން ފެނެއެވެ.

މި ދިރާސާއަށް ބިނާކޮށް ސްޓްރީމިން ސާވިސް ސްޕޮޓިފައިއިން ވަނީ އިތުރު ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ.

މި ދިރާސާއަކީ ސްޕޮޓިފައި އަޑު އަހާ 20,000 މީހުންގެ މައުލޫމާތު ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. އެގޮތުން، މި ދިރާސާގައި ކޮންމެ ޔޫޒަރެއް ވެސް ހަފުތާއަކު މަދުވެގެން ދެ ގަޑިއިރު ގުދުރަތީ އަޑުތައް އެހުމަށް އެދުނެވެ.

ނަތީޖާއެއްގެ ގޮތުން ފެނިގެން ދިޔައީ މި އަޑުތައް އަހައި އުޅޭ މީހުންގެ ސްޓްރެސް ލެވެލް, އެ އަޑު ނާހާ މީހުންނަށްވުރެ ދަށް ކަމަށް ދެއްކުމެވެ. އަދި، މި މީހުންގެ މޫޑު ވެސް ރަނގަޅު ކަމަށް ދިރާސާއިން ދައްކާފައިވެއެވެ.

އެއާއެކު ގުދުރަތީ އަޑުތައް އެހުމަށް ބާރުއަޅައި ސްޕޮޓިފައިއިން ވަނީ ގުދުރަތީ އަޑުތައް ހިމެނޭ ތަފާތު އޯޑިއޯތަކުގެ ޕްލޭލިސްޓުތަކެއް އެކުލަވާލާފައެވެ. ތިރީގައި މިވަނީ އޭގެ ޕްލޭލިސްޓެކެވެ.

comment ކޮމެންޓް