އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި

މިނިސްޓަރު ޝަހީމްއާއި އެމްޑީ ފަހުމީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ: ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ---- ފޮޓޯ/ އިސްލާމިކް މިނިސޓްރީ

އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން މިއަދު ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެ ފެންގަނޑުގެ މަރަމާތާ ގުޅުވައި މަޝްވަރާ ކުރުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ މިއަދު ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ.

އެ މަޝްވަރާއަށް ފަހު ރަސްމީ އެކްސް އެކައުންޓުގައި ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ޝަހީމްއާއި އެމްޑީ ފަހުމީ އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ: ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ---- ފޮޓޯ/ އިސްލާމިކް މިނިސޓްރީ

ސްޓެލްކޯއިން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ނިންމީ އެކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

https://sun.mv/197479

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ފެންގަނޑު ހަދައި ދޭނެ ބަޔަކު ހޯދަން މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ބުދަ ދުވަހުއެވެ. ނަމަވެސް، އެކަމަށް ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވަނިކޮށް، މިނިސްޓަރު ޝަހީމްގެ އެދިވަޑައިގަތުމަކަށް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު އެއިއުލާނު ބާތިލުކޮށްފައެވެ.

comment ކޮމެންޓް