ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ތާއަރާފު ކޮށްފައިވާ ބޭންކް ފަންޑު ލިބޭ ފަރާތްތައް ހާމަކޮށްފިއެވެ.
މި އަހަރުގެ ބޭންކް ފަންޑު ލިބޭ ފަސް ޖަމިއްޔާއަކީ:
- މުރަކަ ފާމް: ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް
- ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާ މެދު ޝައުގުވެރިކަން އުފައްދައި، ހޭލުންތެރިކޮށް އިލްމީ މައުލޫމާތު ފޯރުކޮށްދޭން ވިލިނގިލީގައި ލައިބްރަރީއެއް ގާއިމުކުރުމަށް
- ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާ ދެމެހެއްޓެނިވި ދަނޑުވެރިމުގެ އާދަތަކާއެކު ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް
- ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސުކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ލޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމުކުރުމަށް
- ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސުކޫލުގައި މީޑިއާ އަދި ކުޅިވަރު ވެބްތަކެއް ތަރައްގީ ކުރުމަށް
މި ފަންޑާ ގުޅޭ ގޮތުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ، ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށް ޖަމިއްޔާތަކާއެކު ކުރާ މަސައްކަތުގެ ފުރިހަމަ މިސާލެއް ކަމަށެވެ.
މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ. އަދި، ޕްރޮޖެކްޓުތަކަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެނަށް ލިބޭ ފަޚުރެއް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން
ބީއެމްއެލްގެ ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް ދެ ލައްކަ ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.