ދިރާގުން ކޮންމެ ދުވަހަކު އައިފޯން 16އެއް ލިބޭ އޮފާއެއް

މިއަދު ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން: އެ ކުންފުނިން ވަނީ ކޮންމެ ދުވަހަކު އައިފޯން 16 އެއް ލިބޭ އޮފާއެއް ހުޅުވާލާފަ --- ފޮޓޯ/ ދިރާގު

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް އެ ކުންފުނިން ކޮންމެ ދުވަހަކު އައިފޯން 16އެއް ލިބޭ އޮފާއެއް ހުޅުވާލައިފިއެވެ.

ދިރާގުން މި ޕްރޮމޯޝަން އިއުލާންކޮށްފައިވަނީ އެ ކުންފުންޏަށް 36 އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި ޚާއްސަ ޕްރެސް ކޮންފަރެސްއެއްގައެވެ.

އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިރާގަށް ކަސްޓަމަރުން ކުރައްވާ އިތުބާރަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި ދިރާގުގެ ހިއްސާދާރުންނާއި ޕާޓްނަރުންނާއި ދިރާގުގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ދިރާގުން 36 އަހަރުގެ އީޖާދީ ކުރިއެރުންތައް ފާހަގަކުރަމުންދާއިރު އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް މަތީ ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދީ ޑިޖިޓަލް މުސްތަގުބަލުގައި ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށްވެސް މިރްޝާން ވަނީ ވިދާޅުވެފައެވެ.

ތިރީސް ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނިން މިއަދު ލޯންޗުކުރި ހިތްގައިމު އޮފާތަކުގެ ތެރޭގައި އަލަށް ތައާރަފުކުރި ދިރާގު "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯގެ ދަށުން:

* ކޮންމެ ދުވަހަކު އައިފޯން 16 އެއް: ދިރާގު "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި އެންރޯލްކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތެއްގައި އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު އައިފޯން 16 އެއް ދިނުމަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

* ޑަބަލް ދަ ޗާންސް: 16 ސެޕްޓެންބަރުން ފެށިގެން 31 އޮކްޓޫބަރު މަހުގެ ނިޔަލަށް ދިރާގު "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގައި އެންރޯލްކުރާ ފަރާތްތަކަށް އަލް ޝާލީ މެރިން މަޖެލަން 32 ބޯޓަކާ އެކު ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ދެގުނަ ވެގެންދާނެއެވެ.

* ހިލޭ ދަތުރެއް: އޮކްޓޫބަރު މަހު ދިރާގުން ކުރިއަށް ގެންދާ ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއްގައި ހަތް ރައްޓެހިންނާއެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު ދިރާގުން ހުޅުވާލެނެއެވެ.

* ކަހާލައިގެން އިނާމެއް: ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން 350 ރުފިޔާ އަދި މަތީގެ އެޑް-އޮންއެއް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ކޮންމެ ބޫސްޓަރެއް ނުވަތަ އެޑް-އޮންއެއް އެކްޓިވޭޓްކުރާ ފަރާތްތަކަށް ދިރާގު އެޕް މެދުވެރިކޮށް "ސްކްރެޗް އެންޑް ވިން" ހިލޭ ޑޭޓާ އިނާމު ލިބިގެންދާނެއެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން ހަފުތާ ބަންދު ތެރޭގައި އައިފޯން 15 ޕްރޯ، ދިރާގު 5ޖީ ޓާބޯ ވައިފައި ޑިވައިސް ފަދަ ޚާއްސަ އިނާމުތަކެއް
ލިބިގެންދާނެއެވެ.

* ސޮނީ ލިވް ޚާއްސަ އޮފާ: ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް އަންނަ އަހަރުގެ މޭމަހުގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބިގެންދާނެއެވެ.

* ހިލޭ ގޭމިން ޕީސީ: ދިރާގުގެ ވަން ސްޓޮޕް ޝޮޕް ގޭމިން ޕްލެޓްފޯމްކަމަށްވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އަށް އޮކްޓޯބަރުގައި ރަޖިސްޓްރީވާ ގޭމަރުންގެ މެދުގައި ނަގާ ގުރުވަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ހިލޭ ގޭމިންގް ޕީސީއެއް ލިބިގެންދާނެއެވެ. އޭގެތެރޭގައި މޮނީޓަރު، ކީބޯޑު، މައުސް
އަދި މައުސް ޕެޑް ހިމެނޭނެއެވެ.

ދިރާގުން ބުނީ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެ ކަމަށެވެ.

comment ކޮމެންޓް