"ލާމު މެރަތަން 2024" ނިންމާލައިފި، އެއްވަނައަށް ޗައިނާގެ ދެކޮޅު ޓިކެޓު

"ލާމު މެރަތަން 2024": އެއްވަނައަށް ޗައިނާގެ ޒިއަމެންއަށް ދެކޮޅު ޓިކެޓު -- ފޮޓޯ/ ލ. އަތޮޅު ކައުންސިލް

ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިޔަށް ގެންދިޔަ "ލާމު މެރަތަން 2024" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޗައިނާގެ ޒިއަމެން ސްޕޯޓް އިން ސްޕޮންސާކޮށްފައިވާ މި މެރެތަން ކުރިޔަށް ގެންގޮސްފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކިޑްސް, ފަންރަން، ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި ފުލް މެރަތަންއެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް ވަނީ އަންހެން އަދި ފިރިހެން ބައިވެރިންގެ ތެރެއިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައިފައެވެ. މީގެ އިތުރުން މި މެރެތަންގައި ބައިވެރިވި ރާއްޖެއިން ބޭރުގެ ބައިވެރިންގެ މެދުގައި ވެސް އަންހެން އަދި ފިރިހެން ކެޓަގަރީން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދީފައިވެއެވެ.

ހާފް މެރަތަން ކެޓަގަރީން އެއްވަނަ ހޯދި އަންހެން ބައިވެރިޔާ --

މި ދުވުމުގައި ފިރިހެނުންގެ ހާފް މެރަތަންގެ ބައިން އެއްވަނަ ހޯދާފައިވަނީ އަޙުމަދު އަލީއެވެ. އަދި އަންހެނުންގެ ހާފް މެރަތަންގެ ބައިން އެއްވަނަ ހޯދާފައިވަނީ މަރިޔަމް ޝިޒާނާއެވެ.

ހާފް މެރަތަން ކެޓަގަރީން އެއްވަނައަށް ހޮވޭ އަންހެން އަދި ފިރިހެން ބައިވެރިޔާއަށް މާލެއިން ޗައިނާގެ ޒިއަމެންއަށް ހިލޭ ދެކޮޅު ޓިކެޓުވަނީ ދީފައެވެ.

ލާމު މެރަތަން 2024ގައި ސްޕޯސްޓްސް މިނިސްޓަރާއި ޗައިނާ ސަފީރު -- ފޮޓޯ/ ލ. އަތޮޅު ކައުންސިލް

މި މެރަތަންގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވާން ލިޒިން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ލާމު ލިންކް ރޯޑަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި ދުވުމާގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، މި ދުވުން ލާމު އަތޮޅުގައި ކުރިއަށްގެންދަށް ނިންމީ ލާމު ލިންކްރޯޑުން ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭތީ ކަމަށެވެ. އަދި މި ދުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ފޮލޯ އަޕް އިވެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް