ރައްކާތެރިކޮށް ބޭސް ބޭނުންކުރަން ކިޔައިދޭން އެމްއެންޔޫއިން ހަރަކާތެއް

މިއަދު އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ރައްކާތެރިކޮށް ބޭސް ބޭނުން ކުރާ ގޮތް ކިޔާދިނުމާ ހޭލުންތެރިކުރަން އެމްއެންޔޫއިން ހަރަކާތެއް ---- ފޮޓޯ/ އެމްއެންޔޫ

ރައްކާތެރިކޮށް ބޭސް ބޭނުންކުރާ ގޮތް ކިޔާދިނުން ހިމެނޭހެން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފާމަސީ ކިޔަވާ ދަރިވަރުން އިއްޔެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފާމަސީ ދުވަހާ ގުޅުވައި ކުރިއަށް ގެންދިޔަ މި ހަކަރާތާ ގުޅޭ ގޮތުން އެމްއެންޔޫގެ ސީނިއާ ލެކްޗަރާ ފާތިމަތު ޝިރާނީ 'ސަން'އަށް ވިދާޅުވީ، ހަރަކާތުގެ ތެރޭގައި ރައްކާތެރިކޮށް ބޭސް ބޭނުން ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެވުނު ކަމަށެވެ.

އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ރައްކާތެރިކޮށް ބޭސް ބޭނުންކުރާ ގޮތް ކިޔާދިނުމާ ހޭލުންތެރިކުރަން އެމްއެންޔޫއިން ހަރަކާތެއް ---- ފޮޓޯ/ އެމްއެންޔޫ

މި ހަރަކާތުގެ ތެރެއިން ގައިން ގަޔަށް ނާރާ ބަލިތައް ކަމަށްވާ ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުން ފަދަ ބަލިތައް މެނޭޖުކުރާނެ ގޮތްތަކުގެ މައުލޫމާތު ދެވުނު ކަމަށް ޝިރާނީ ވިދާޅުވިއެވެ.

އެމްއެންޔޫގެ ފާމަސީ ކިޔަވާ 50 ދަރިވަރުން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، ލޭގެ ޕްރެޝަރު ބެލުމާއި އިސްކޮޅާ ބަރުދަން ބެލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ރައްކާތެރިކޮށް ބޭސް ބޭނުން ކުރާ ގޮތް ކިޔާދިނުމާ ހޭލުންތެރިކުރަން އެމްއެންޔޫއިން ހަރަކާތެއް ---- ފޮޓޯ/ އެމްއެންޔޫ

މީގެ އިތުރުން، މި ހަރަކާތުގައި ހަތަރު ވަރަކަށް ސްޓޯލް ހިމެނޭއިރު، ހަކަރާތް ކުރިއަށް ގެންގޮސްފައިވަނީ ގްރޭޑް އަށެއްގައި އުޅޭ ދަރިވަރުންގެ އުމުރުފުރައިން ފެށިގެން އެއަށް ވުރެ ދޮށީ މީހުންނަށް އަމާޒުކޮށްގެނެވެ.

އެމްއެންޔޫގެ ފަރާތުން ކުރި ކަމެއްވީތީ، އެމްއެންޔޫގެ ކޯހުގެ މައުލޫމާތު ދިނުމަށާއި އެއްކޮށް، ސުކޫލުތަކަށް ދައުވަތުދެވުނު. ގާތްގަނޑަކަށް ދެ ސުކޫލަކުން ކުދިން އައީ އެމްއެންޔޫގެ ސީނިއާ ލެކްޗަރާ ފާތިމަތު ޝިރާނީ

އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ރައްކާތެރިކޮށް ބޭސް ބޭނުން ކުރާ ގޮތް ކިޔާދިނުމާ ހޭލުންތެރިކުރަން އެމްއެންޔޫއިން ހަރަކާތެއް ---- ފޮޓޯ/ އެމްއެންޔޫ

މި ހަރަކާތުގައި ބައިވެރިވުމަށް ޒިޔާރަތްކުރި މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

އެގޮތުން، ސްޓޯލްތަކުން މައުލޫމާތު ހޯދުމަށާއި ލޭގެ ޕްރެޝަރާއި ބަރުދަނާއި އިސްކޮޅު ބަލާ ސްޓޯލްތަކަށް މީހުން ޝައުގުވެރިވި ކަމަށް ޝިރާނީ ވިދާޅުވިއެވެ.

comment ކޮމެންޓް