ގައުމީޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފު ގެއްލިގެން ހޯދަނީ، އެންމެ ފަހުން ފެނުނީ ހުޅުމާލެ ފޭސް ތިނަކުން

ގެއްލިގެން ހޯދާ މުޙައްމަދު ސާއިފް

ގައުމީޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ސާއިފު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން އިއުލާނުކޮށްފައިވާ ގޮތުގައި އޭނާ ނިސްބަތްވަނީ ހޯރަފުއްޓަށެވެ. އޭނާ މިހާރު ދިރިއުޅެނީ ހުޅުމާލެ ފްލެޓު ނަމްބަރު 205-2-35ގައެވެ.

ފުލުހުން ބުނީ، މީނާ އެންމެ ފަހުން ފެނިފައި ވަނީ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ. އަދި އޭރު ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން 3322111އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ގެއްލިގެން ހޯދަން އިއުލާނުކޮށްފައިވާ ސައިފަކީ ގިނަ ކްލަބުތަކަކަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް