ގަސް އިންދުމަކީ ތިމާވެށީގެ މައްސަލަތަކަށް އޮތް ޚަރަދުކުޑަ ހައްލެއް: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު : ވިދާޅުވީ ގަސް އިންދުން އިތުރުކުރުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވާނެ ޚަރަދުކުޑަ ހައްލެއް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތް ވުމަށް އޮތް ޚަރަކުޑަ ހައްލެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އޯޒޯން ދުވަހާ ގުޅުވައި ރަސްމީ އެކްސް އެކައުންޓުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ގަސް އިންދުމާއި ފެހިކަން އިތުރުކުރުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަގީންކަން ބޮޑު ހައްލެއް ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އޯޒޯން ދުވަހަށް މިއަހަރު އދ. އިން ހުށަހަޅާފައިވާ ޝިއާރަކީ "އެޑްވާންސިން ކްލައިމެޓް އެކްޝަން" ނުވަތަ ތިމާވެއްޓަށްކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތް އިތުރަށް ކުރިއެރުވުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާޢްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ރައީސް ވަނީ ޖޫން މަހުގެ ފަހެއްގައި ފައްޓަވާފައެވެ. އެ މަޝްރޫއުގެ ދަށުން ރައީސްގެ ދެ ކަނބަލުން ގަސް އިންދަވާފައިވެއެވެ.

https://www.sun.mv/192854

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފެއްޓެވި، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. މި ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ގަސްތައް ދިރުވައި އާލާ ކުރުމަށެވެ.

އެގޮތުން 90 ބާވަތެއްގެ ގަސް މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް