ފާއިތުވި 6 މަހުން ރިހެބް ފަރުވާ ބޭނުންވާ 65 ޕަސެންޓު މީހުންގެ ފަރުވާ ފަށައިިިފި

ނޭޝަނަލް ޑްރަގް އެޖެންސީ: ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަނީ އެތަނުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި ހަ މަސްދުވަހުގެ ތެރޭ ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ 65 ޕަސެންޓް މީހުންގެ ފަރުވާ ފަށައިފައިވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.

އެންޑީއޭއިން އާންމުކުރި ހަ މަހުގެ މަސައްކަތު ތަފްސީލުގައިވާ ގޮތުން، ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ކޮމިއުނިޓީ ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ 700 އަށްވުރެ ގިނަ މީހުން ފަރުވާއަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ.

އެގޮތުން "ފަނާރު"ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް މިދިޔަ އަހަރުގެ ޑިސެމްބަރު 10ވަނަ ދުވަހު ފަށއި، ޖުމްލަ 446 މީހެއްގެ ފަރުވާ ފެށި، ފަރުވާގެ އެކި މަރުޙަލާތައް ނިންމާފައިވާކަމަށް ބުންޏެވެ.

އޮޕަރޭޝަންގެ ދަށުން އެކި ސަބަބުތަކާހެދި ފަރުވާ ނުފެށި ތިބީ 254 ފަރާތެއް ކަމަށް އެންޑީއޭއިން ބުންޏެވެ. މި އޮޕަރޭޝަންގެ ދަށުން 65 ޕަސެންޓު ކްލައިންޓުންގެ ފަރުވާ ފެށި ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

މީގެ އިތުރުން ކޮމިޔުނިޓ ފަރުވާ އަށް އަމުރުކޮށްފައިވާ މީހުންގެ ތެރެއިން ކަރެކްޝަން ބަންދުގައި ތިބި މީހުން ބަންދުގައި ބައިތިއްބައިގެން ފަރުވާ ކުރިއަށް ގެންދިއުމަށް ދަނީ މަޝްވަރާ ކުރެވެމުންކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

މީގެ އިތުރުން ކޮމިއުނިޓީ ފަރުވާއަށް ޑްރަގް ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުމުގައ،ި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަގްރޭޝަން އެޕްރޯޗަކަށް ބަދަލުކޮށް، އެ މީހަކު ހުރި ރަށަކުން ފަރުވާ
ކުރިޔަށް ގެންދިޔުމަށް ޓަކައި ރަށްރަށުގައި ފަރުވާ ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައި ފަރުވާ ފެށިފައިވާކަމަށް އެ އެޖެންސީން ބުންޏެވެ.

އަދި އެއާ އެއްގޮތަށް ފަރުވާގެ ޚިދުމަތްތައް ޖުމްލަ 110 ރަށެއްގައި ދަނ ލިބެމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް