އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީޒަން 2 ނިންމާލައި، އިނާމުތައް ދީފި

އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީރީޒްގެ، ސީޒަން ދޭއް ނިންމާލައި، އިނާމުތައް ދިނުން ---- ފޮޓޯ/ އުރީދޫ

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ސީޒަން-2 ނިންމާލައި، އިނާމުތައް ދީފިއެވެ.

އުރީދޫން ބުނީ، މި މުބާރާތުގައި އީސްޕޯޓްސް ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެ އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލާފައިވާ ކަމަށެވެ. މުބާރާތް ނިންމާލާފައިވާއިރު، ވަނަތަކަށް އައި ކުޅުންތެރިންނަށް އަގުހުރި އިނާމުތަކެއް ދީފައިވެއެވެ.

އެގޮތުން، ޕަބްޖީ މޮބައިލް މުބާރާތުގެ ޗެމްޕިއަންކަން އަކަޒަޔާ އީސްޕޯޓްސް އިން ކާމިޔާބުކުރީ 7،000 ރުފިޔާގެ އަގުހުރި އިނާމަކަށް ފަހުގައި ކަމަށްވާއިރު، އެ މުބާރާތުގެ ރަނަރަޕަކަށް ހޮވުނީ އީޓޫއެސް ޓީއެމް ހަތެކެވެ. އެ ޓީމަށް އިނާމަކަށް 4،000 ރުފިޔާ ލިބިފައިވެއެވެ.

އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީރީޒްގެ، ސީޒަން ދޭއް ނިންމާލައި، އިނާމުތައް ދިނުން ---- ފޮޓޯ/ އުރީދޫ

ޕަބްޖީ މޮބައިލް މުބާރާތުން ހޮވި އިތުރު ވަނަތަކާއި ހާސިލްކުރި ފަރާތްތައް:

  • މުބާރާތުގެ ތިންވަނައަށަ އޯޕީޒެޑް ސްޕޯޓްސް: 2،000 ރުފިޔާ
  • ހަތަރު ވަނައަށް ބީއެލްކޭ އީސްޕޯޓްސް: 1،000 ރުފިޔާ
  • ފަސް ވަނައަށް ގޭމް އޯވާ އޯޓީއެފް: 500 ރުފިޔާ
  • އެމްވީޕީއަކަށް އޭކޭއޭ މާހާ: 500 ރުފިޔާ

މީގެއިތުރުން، އެ މުބާރާތުގެ އީއޭއެފްސީ 24ގައި ޗެންޕިއަނަކަށް މުޙައްމަދު ޒިޔާން އިސްމާއިލް ހޮވިފައިވާއިރު، ޒިޔާންއަށް 8،000 ރުފިޔާ ލިބިފައިވެއެވެ.

އުރީދޫ ނޭޝަން ޗެމްޕިއަންސިޕް ކޮންޓެންޑާ ސީރީޒްގެ، ސީޒަން ދޭއް ނިންމާލައި، އިނާމުތައް ދިނުން ---- ފޮޓޯ/ އުރީދޫ

އެ މުބާރާތުގެ ރަނަރަޕްކަން ހުސައިން ޔައީޝް ޝިހާމް ކާމިޔާބުކުރީ 4،500 ރުފިޔާ ހޯދައިގެން ކަމަށްވާއިރު، ތިންވަނައަށް ހޮވުނީ މުޙައްމަދު ރާކިނެވެ. ރާކިންއަށް އެ މުބާރާތުން ލިބިފައި ވަނީ 2500 ރުފިޔާއެވެ.

އުރީދޫން ބުނީ، ކުރިއަށް ވެސް އީސްޕޯޓްސް މުބާރާތްތައް ރޭވިފައިވާ ކަމަށާއި އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް