މާލޭގެ 5 ގެއަކުން 5 ބިދޭސީން އަނެއްކާ ވެސް ބަންދަށް

ނުގަވައިދުން އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުން -- ފޮޓޯ: އިމިގްރޭޝަން

މާލޭގެ ފަސް ގެއެއް ބަލައިފާސްކޮށް، ފަސް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމެއްނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައިފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހު، މާލޭގެ ފަސް ގެއެއް ބަލައިފާކޮށް، ފަސް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ ގޮތުން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެ، ނުގަވާއިދުން ވިޔަފާރިތައް ހިންގަމުން އަންނަ ބިދޭސީންނާ މެދު އިމިގްރޭޝަނުގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް 3،322 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖޭގައި ބިދޭސީ ފަރާތްތައް ވަޒީފާގައި ގެންގުޅެވޭ ގާނޫނަށް އިސްލާހު ގެނެސް، މި ހިނގާ ސެޕްޓެންބަރުގެ ދެވަނަ ދުވަހުވަނީ އެ ގާނޫނަށް އަމަލު ކުރަން ވެސް ފަށައިފައެވެ.

comment ކޮމެންޓް