ރާއްޖެއިން ޗައިނާއާއެކު އަސްކަރީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފި

ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކުރައްވައިފި--- ފޮޓޯ/ ޑިފެންސް މިނިސްޓްރީ

ރާއްޖެއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން 11 ވަނަ ބެއިޖިން ޝިއަންގްޝަން ފޯރަމްގެ ހަވާސާގައެވެ.

މި ފޯރަމަކީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ އަސްކަރީ ދާއިރާގެ ވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެކެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިނިސްޓަރު ގައްސާން މައުމޫނާއި ޗައިނާގެ ޑިފެންސް މިނިސްޓަރު އެޑްމިރަލް ޑޮންގް ޖުން އާ ބައްދަލުކުރައްވާފައި ވާކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ދެ ޤައުމުގެ ދެމެދުގައި ދިފާއީ އެއްބާރުލުން ވަރުގަދަކުރުމާ މެދު މަޝްވަރާ ކުރައްވާފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ޗައިނާގައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް