ދިރާގު ކަސްޓަމަރުންނަށް ރީލޯޑުކޮށްގެން އައިފޯން 15 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީލޯޑުކުރާ ޕްރީ ޕެއިޑް ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ނެގޭ ނަސީބުވެރިއަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެ ކަމަށެވެ.
މި މަހު 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް އަމަރު އަދި މަމެން ޕްލޭން ގެންގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.
ދިރާގު އެޕާއި މައި-އެކައުންޓް އަދި ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެ ޚިދުމަތުން ބުނެފައިވެއެވެ.