ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ދެ ތަނެއް ހުއްޓުވައިފި

ގަވާއިދާ ޚިލާފަށް ބޭރުފައިސާ މާރުކުރި ދެ ތަނެއް ހުއްޓުވައިފި-- ފޮޓޯ/ ފުުލުހުން

މާލޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ދެ ތަނެއް ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ވަނީ މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވާފައި ވާކަމަށެވެ.

އެގޮތުން މި ފަރާތްތައް ގުޅިގެން ހިންގި ފުރަތަމަ އޮޕަރޭޝަން މި މަހުގެ ތިންވަނަ ދުވަހު ހިންގާފައިވާއިރު، އެ އޮޕަރޭޝަނުގައި "ޓްރާންސްފާ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއަ ތަނެއް ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ބޭރުފައިސާ މާރުކުރި ދެ ތަނެއް ހުއްޓުވައިފި-- ފޮޓޯ/ ފުުލުހުން

އަދި މި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމްއެމްއޭއިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔާ ވިޔަފާރި ކުރާތަން ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔާ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެ ތަނަކީ އެމްއެމްއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާތިލުކޮށްފައިކަމަށް ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން މި އޮޕަރޭޝަނުގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދު ދީފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގަވާއިދާ ޚިލާފަށް ބޭރުފައިސާ މާރުކުރި ދެ ތަނެއް ހުއްޓުވައިފި-- ފޮޓޯ/ ފުުލުހުން

މީގެ ފަސްވަރަކަށް ދުވަސް ކުރިން ވަނީ ގަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މައްސަަ؛ލައެއްގައި ފަސް ބިދޭސީއަކު ވެސް ހައްޔަރުކޮށްފައެވެ.

https://sun.mv/196404

އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑު ފެނިފައި ވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް