ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ފަށައިފި

ކޮކާ-ކޯލާ އާއި މާވެލް ގުޅިގެން ރާއްޖޭގައި ފޯރިގަދަ ކެމްޕޭނެއް ވަނީ ފަށައިފައި --

މާވެލް ޔުނިވާސްގެ ތަފާތު ކެރެކްޓަރުތަކެއް ހިމެނޭ ގޮތަށް ކޮކާ-ކޯލާގެ ޚާއްސަ އެޑިޝަން ޕެކޭޖިން ތައާރަފްކޮށްފިއެވެ.

ދިވެހިރާއްޖޭގައި ކުރިއަށްދާ 'ކޮކާ-ކޯލާ އެކްސް މާވެލް: ދަ ހީރޯސް' ކެމްޕޭނުގައި މާވެލްގެ 13 ކެރެކްޓަރެއް ދައްކާލާފައިވެއެވެ. އޭގެ ތެރޭގައި، ކޮކާ-ކޯލާ އާއި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުޅިތަކާއި ދަޅުތަކުގައި ޑެޑްޕޫލް އާއި ވޮލްވަރިން ފަދަ ފޭނުން އެންމެ ގަޔާވާ ކެރެކްޓަރުތައް ހިމެނެއެވެ. ޕެކޭޖިންގައި ހުދު، ރަތް، އަދި ކަޅު ޓޯންގެ ބެލެންސްއާއެކު ފާހަގަކޮށްލެވޭ ޑިޒައިންއެއް އެކުލެވިގެންވާއިރު، ކޮންމެ އުފެއްދުމަކީ ވެސް ގޭގައި ހަނދާނަކަށް ބަހައްޓާލެވޭ ފަދަ އެއްޗަކަށް ވެގެންދެއެވެ.

ރާއްޖޭގައި ތިބި ފަރާތްތަކަށް މި ޚާއްސަ އެޑިޝަންގައި ހިމެނޭ ކިއުއާރު ކޯޑްތައް ސްކޭންކޮށްލުމުން، ފުޅި އާއި ދަޅުގެ ޕެކެއްގައި ހިމެނޭ ކޮންމެ ބަޠަލަކަށް ނުވަތަ ވިލަންއަކަށް އެކްސްކްލޫސިވް އޭއާރު އެނިމޭޝަން ތަޖުރިބާތައް ހުޅުވާލެވޭނެއެވެ. މި އިންޓަރެކްޓިވް ފީޗާގެ ސަބަބުން ފޭނުންނަށް އެމީހުން އެންމެ ގަޔާވާ ކެރެކްޓަރުތަކާ މުޅިން އާ ގޮތަކަށް ގުޅިލާމެހިގެން ގޮސް، މާވެލް ޔުނިވާސްއަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ބައެއް ފިހާރަތަކުން ބޮޑު ދެ ފުޅިއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށް މާވެލް ފްރިޖް މެގްނެޓެއް މުޅިން ހިލޭ ލިބޭއިރު، މިއީ ކެމްޕޭނަށް އިތުރު ފޯރިއެއް ގެނެސްދޭ ކަމެކެވެ.

ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވީ މި ކެމްޕޭނަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ދެ ގްލޯބަލް ބްރޭންޑެއް އެއްވެ، ދިވެހިންނަށް ދޭ ޚާއްސަ ފުރުސަތެއް ކަމަށެވެ.

“ފޭނުންނަށް އެމީހުން އެންމެ ގަޔާވާ މާވެލް ބަތަލުންނާ އެކު ގާތުން ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ދެވުމަކީ އަޅުގަނޑުމެން ލިބޭ އުފަލެއް." އޭނާ ވިދާޅުވިއެވެ.

ކޮކާ-ކޯލާއިން މި ކެމްޕޭނަށް ފުރިހަމަ މާކެޓިން ކެމްޕޭނެއް ހުޅުވާލާނެއެވެ. އޭގެ ތެރޭގައި ޓީވީ އިޝްތިހާރާއި ފިހާރަތަކުގައި ޖަހާ އިޝްތިހާރުތަކުގެ އިތުރުން، ޝައުގުވެރި ސޯޝަލް މީޑިއާ ކޮންޓެންޓް ހިމެނޭނެއެވެ.

މި އެއްބާރުލުމަކީ އުތުރު އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، ޗައިނާ، ޖަޕާން، އަދި އޭޝިއާ ޕެސިފިކް ސަރަހައްދު ހިމެނޭ ގޮތަށް 50އަށް ވުރެ ގިނަ ގައުމު ހިމެނޭ ދުނިޔޭގެ ކެމްޕޭނެއްގެ ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުން މި ޚާއްސަ އެޑިޝަން އުފެއްދުންތައް އެއްކުރަމުން އަންނައިރު، މިހާރު މިއޮތީ ރާއްޖޭގައި ވެސް މި އުފާފާޅުކުރުމުގެ ގޮތުން ބައިވެރިވާންވީ ވަގުތެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 138 އަހަރު ވަނީ ވެފައެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީއިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެއެވެ.

comment ކޮމެންޓް