ދިރާގުން "ސީޑް" އާއެކު ހަދާފައިވާ ޕާޓްނާޝިޕް އާކޮށްފި

ދިރާގާއި ސީޑްގެ އިސްވެރިން: ދިރާގާއި ސީޑްއާ ދެމެދު ހަދާފައިވާ ޕާޓްނާޝިޕް އާ ކޮށްފައި --- ފޮޓޯ/ދިރާގު

ދިރާގުން ބީސީސީގެ ދަށުން ހިންގާ "ސީޑް" އާއެކު ހަދާފައިވާ ޕާޓްނާޝިޕް އާކޮށްފިއެވެ.

ސީޑަކީ އަމިއްލައަށް މަސައްކަތްތައް ކުރާ ފަރާތްތަކާއި ކުދި ވިޔަފާރިތައް މަސައްކަތްކުރުމަށް ހަދައިފައިވާ ވޯކް ސްޕޭސެކެވެ. އެތަނުން އެކި ކަހަލަ މަސައްކަަތް ކުރަން ބޭނުންވާ ވަސީލަތްތައް ލިބެން ހުންނައިރު، އެޕާޓްނާޝިފްގެ ދަށުން ދިރާގުން އަންނަނީ ހައި ސްޕީޑް އިންޓަނެޓުގެ ޚިދުމަތް އެތަނުން ފޯރުކޮށްދެމުންނެވެ.

މި ޕާޓްނާޝިޕާ ގުޅުވައި، ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ، މި ޕާޓްނާޝިޕަކީ ޑިޖިޓަލް ކޮމިއުނިޓީ ވިޔަފާރިއާއި އުފެއްދުންތެރިކަން ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ކަމެއް ކަމަށާއި އުންމީދަކީ މި ޕާޓްނާޝިޕްގެ ދަށުން ބިޒްނަސް އިކޯސިސްޓަމް ކުރިއަރުވަން އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން، ޕާޓްނާޝިޕް އާ ކުރުމުން ސީޑްއިން އެކަމަށްޓަކައި ޝުކުރުއަދާކޮށްފައިވާ ކަމަށް ދިރާގުން ބުނެފައިވެއެވެ.

ސީޑްގެ ޑިރެކްޓާ ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވީ، ދިރާގުގެ އެހީއާއެކު ކުދި ވިޔަފާރިވެރިންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވިޔަފާރީގެ ޒަމަނީ މާހައުލެއްގައި ދެމިތިބެވޭނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދިރާގަކީ ސީއެއްއާރްގެ ދަށުން އެކި ފަރާތްތަކަށް ބޭނުންވާ ޑިޖިޓަލް ކަނެކްޓިވިޓީގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް