ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަނެފި

ކޮޓަރިއަށް ދައުވަތުދީ، ދިއުމުން ކޭޝްކާޑާއި 53،000 ރުފިޔާ ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ --- ފޮޓޯ/ ޕޮލިސް

ދިވެހި ފިރިހެނަކަށް ކޮޓަރިއަށް ދާން ދައުވަތު ދިނުމަށްފަހު، އޭނާ ދިއުމުން އޭނާ ފޭރިގަތް މައްސަަލައިގެ ތުހުމަތުގައި ޒުވާން އަންހެނަކު ބަންދުކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ، ސ. މަރަދޫ، ކުންނާރުގެ، އުމުރުން 27 އަހަރުގެ އާއިޝަތު މަލްޖާ މޫސާ ދީދީއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ މިދިޔަ މަހުގެ 26ވަަނަ ދުވަހުގެ ރެއެވެ. އެގޮތުން އެ ރޭ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިއުމަށް ދައުވަތު ދިންކަމަށް ފުލުހުން ބުންޏެވެ.

އެއަށްފަހު އެ ފިރިހެން މީހާ ދިޔައީ، މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓު ހައުސަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއާއެކު އިތުރު ފިރިހެނެއް ވެގެން އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު އަތުލިކަމަށް ފުލުހުން މައުލޫމާތު ދިނެެވެ. އަދި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާކަމަށް ވެސް ބުންޏެވެ.

https://sun.mv/196419

އޭނާ ބަންދުކޮށްފައިވާއިރު، ކޯޓުންވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

މިފަދައިން މީހުންނަށް ކޮޓަރިތަކަށް ޖިންސީ އެދުމުގެ ދައުވަތު ދީ ގެންގޮސް ފޭރުމުގެ މައްސަލަތަކެއް މީގެ މަސްތަކެއް ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަ ފެންމަތިވީ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ބަޔަކު އެ ކަން ކުރާތާ ދުވަސްތަކެއް ފަހުންނެވެެ. ގިނަ ބަޔަކު ސްކޭމްތަކާއި، މި ފަދަ ކަންކަމުގެ ޝިކާރައަކަށް ވެސް ވެފައިވެއެވެ.

comment ކޮމެންޓް