ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހެލްތް ސްކްރީނިން ޕެކޭޖްތަކުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ވެލްނަސް ޕްކޭޖް ތަކުގެ ތެރޭގައި:
- ވެލް ފީމެއިލް ޕެކޭޖްް: އަންހެނުންގެ ޚާއްސަ ސިއްހީ ބޭނުންތަކަށް ފަރުމާކުރެވިފައިވާ ޕެކޭޖް
- ވެލް މެލް ޕެކޭޖްް: ފިރިހެނުންގެ އާންމުކޮށް ހުންނަ ސިއްހީ މައްސަލަތަކަށް އަމާޒުކުރެވިފައިވާ ޕެކޭޖް
- ވެލް ޗައިލްޑް ޕެކޭޖް: ކުޑަކުދިންނަށް ޙާއްސަ މެޑިކަލް ޗެކްއަޕް
- ހެލްތް ލިވިންގް ޕެކޭޖްް: ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިވުމަށް އަމާޒުކުރެވިފައިވާ ޕެކޭޖް
- ހެލްތީ ހާޓް އެންޑް ސްރޯންގް ހާޓް ޕެކޭޖް: ހިތުގެބަލިތަށް ދެނެގަތުމާއި މޮނިޓާކުރުމަށް ހާއްސަ ޕެކޭޖްތައް
- ހެލްތީ ލަންގް ޕެކޭޖް: ފުއްޕާމޭގެ ސިއްހަތު ކުރިއެރުވުމާއި މައްސަލަތައް އަވަހަށް ދެނެގަތުމަށް
- ސާވިކަލް ކެންސޭ ސްކްރީނިންގް ޕެކޭޖް: ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރާ ޕެކޭޖް
- ޑައެބެޓިކްސް ސްކްރީނިންގް ޕެކޭޖް: ހަކުރުބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް
- ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިންގް ޕެކޭޖް: ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުން ހަދާ ޗެކަޕް
އެ ހޮސްޕިޓަލުން ބުނާ ގޮތުގައި މި ޕެކޭޖްތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ، އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުމެވެ.
ޑިސްކައުންޓާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަތްސަން ސްރިދަ ޖީ ވިދާޅުވީ މިއީ ކަސްޓަމަރުންގެ މުސްތަޤްބަލަށް ކުރެވޭ އިންވެސްޓްމަންޓެއްކަމަށެވެ. އަދި މި ޕްރޮމޯޝަނަކީ ސިއްހީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ.
މި ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު ޚިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.
އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޚިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ނަން މަޝްހޫރު ދާއިރާތަކުން ޚާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.