"މިސްޓަ މޯލްޑިވްސް" ޔާމްބެގެ ދެ ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަނީ

މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން (ޔާންބެ) -- ފޮޓޯ/ ބީބީއޭއެމް

"މިސްޓާ މޯލްޑިވްސް" މުހައްމަދު ޔާމީން (ޔާންބެ)ގެ ދެ ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން ފަށަިފިއެވެ.

ޔާންބެ "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދެ ކިޑްނީ ވެސް ފެއިލްވިކަން އެނގުނީ މި މަސް ފެށުނު ހިސާބުގައެވެ. އެކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނުމާ އެކު ހެދި އާދައިގެ ލޭގެ ޓެސްޓަކުން ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ބޮޑީބިލްޑު ކުރާ މީހުންގެ ލޭގައި ބައެއް މާއްދާތައް އެހެން މީހުންނަށްވުރެ ގިނައެވެ. މީގެ ކުރިން ހެދި ޓެސްޓުތަކުން ވެސް ކިޑްނީގެ މައްސަލަ ހުރިކަން ދެނެނުގަނެވުނީ އެހެންވެގެން ކަމަށް ޔާމްބެ ކިޔައިދިނެވެ. އޭނާ ބުނީ ކިޑްނީގެ މައްސަލަ ހުރިކަން ދެނެގަނެވުނުއިރު، ބަލި ހުރީ ސްޓޭޖު ފަހެއްގައި ކަމަށެވެ.

އޭނާއަކީ ޒުވާން ޕޭޝަންޓަކަށް ވުމުން ލަސްނުކޮށް ފަރުވާ ކުރުމަށް ޑޯނާއެއް ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށް ބުންޏެވެ.

ޔާންބެ ބުނި ގޮތުގައި މި ފެށޭ ސެޕްޓެންބަރުމަހުގެ ނުވައެއްގައި ފަރުވާއަށް އިންޑިއާއަށް ދިއުމަށް އޭނާދަނީ ތައްޔާރުވަމުންނެވެ.

ކިޑްނީގެ ފަރުވާއަކީ ޚަރަދުބޮޑު ކަމަކަށްވުމާ އެކު، މި ކަމުގައި އާންމުންގެ އެހީތެރިކަމަށް އޭނާ އެދުނީ މިއަދުގައެވެ. އެ ގޮތުން އޭނާ ނިސްބަތްވާ ށ. ފުނަދޫގެ ޖަމިއްޔާއަކުން ވެސް ވަނީ އެހީހޯދައިދިނުމުގެ މަސައްކަތް ފަށައިފައެވެ.

https://sun.mv/179269

ޔާންބެވަނީ "މިސްޓަ މޯލްޑިވްސް"ގެ މަގާމު ހަތަރު ފަހަރު ހޯދައިފައެވެ. އެ މަގާމު އެންމެ ގިނައިން ހޯދާފައިވަނީ ވެސް އޭނާއެވެ. މީގެ އިތުރުން ދެކުނު އޭޝިޔާ ބޮޑީބިލްޑިން މުބާރާތުގެ އިތުރުން އޭޝިއަން ޗެމްޕިއަން ޝިޕްގައި ވެސް އޭނާ ރަން މެޑަލް ހޯދާފައިވެއެވެ.

ޔާންބެއަށް އެހީވުމަށް:

އެކައުންޓު ނަން: މުހައްމަދު ޔާމީން

އެކައުންޓު ނަންބަރު: 7770000138064 - ރުފިޔާ

އެކައުންޓު ނަންބަރު: 7730000569416 - ޑޮލަރު

comment ކޮމެންޓް