ޚަރަދު ފޫބައްދަން 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި

ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު: ޚަރަދު ފޫބައްދަން 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި، 1.9 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ޓީބިލުން މިއަދު ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފުސީލަށް ބަލާއިރު:

  • އެއް މަހުން ދައްކަން ޖެހޭ ޓީބިލް: 1.2 ބިލިއަން ރުފިޔާ، 3.5 ޕަސެންޓުގެ އިންޓްރެސްޓް
  • ތިން މަހުން ދައްކަން ޖެހޭ ޓީބިލް: 35 މިލިއަން ރުފިޔާ، 3.87 ޕަސެންޓުގެ އިންޓްރެސްޓް
  • ހަ މަހުން ދައްކަން ޖެހޭ ޓީބިލް: 325 މިލިއަން ރުފިޔާ، 4.23 ޕަސެންޓުގެ އިންޓްރެސްޓް
  • އެއް އަހަރުން ދައްކަން ޖެހޭ ޓީބިލް: 317 މިލިއަން ރުފިޔާ، 4.6 ޕަސެންޓުގެ އިންޓްރެސްޓް

ސަރުކާރުން ވިއްކާ ޓީބިލް އާއްމުގޮތެއްގައި ގަންނަނީ، ނުވަތަ އިންވެސްޓްކުރަނީ، ރާއްޖޭގެ ބައެއް ބޭންކްތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކެވެ. މީގެއިތުރުން ބައެއް އަމިއްލަ ކުންފުނިތަކުންވެސް ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރެއެވެ.

ޓީބިލަކީ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެވެ. ޓީބިލު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުވާ ވަރަކަށް އެއަށް ދައްކަން ޖެހޭ އިންޓްރެސްޓުވެސް އިތުރުވާނެއެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، ރިޒާވް ވެސް ވަނީ ދަށްވެފައެވެ. އެހެންވެ، ސަރުކާރުން އަންނަނީ އާމްދަނީ އިތުރު ކުރުމަށާއިި ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

https://sun.mv/195498

ރާއްޖޭގެ އިގުތިސާދު ހަމަ މަގަށް އެޅުމަށް އިސްލާހީ ފިޔަވަޅުތަކެއް ކަނޑައަޅައިފައިވާއިރު، ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައި ވަނީ އެ ފިޔަވަޅުތަކާއެކު ދެމެހެއްޓެނިވި މިންގަނޑަކަށް ދަރަނި ކުޑަކުރެވޭނެ ކަމަށެވެ. އަދި މެދު ރާސްތާގައި ޚަރަދު އަހަރަކު އެވަރެޖުކޮށް 1.1 އިންސައްތައިން ދަށްވާނެ ކަމަށާއި، އެ މުއްދަތުގައި އާމްދަނީއާއި ހިލޭ އެހީ އިތުރުވާ މިންވަރު އެވަރެޖުކޮށް 10.9 އިންސައްތައަށް އިތުރުވާނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް