މުޅި ރާއްޖެއަށް މޫސުން ރީތި ވެއްޖެ

މޫސުން: ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފި---

ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާއްމު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިހާރު މޫސުން ރަނގަޅުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

"ސަން" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާ ކުރަނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނަކަށެވެ.

އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުތައް އުޅޭނީ ތިން ފޫޓާ ފަސް ފޫޓު އުސްމިނިގައި ކަމަށް މެޓުން ބުނެއެވެ.

ވޭތުވެމިދިޔައީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްތަކެކެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގިއެވެ. ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

comment ކޮމެންޓް