ޖޭލޯއާއި އެފްލެކް އެންމެ ފަހުން ވަރިވަނީ

އެމެރިކާގެ މަޝްހޫރު ތަރިން ޖެނިފާ ލޮޕޭޒް (ޖޭލޯ)އާއި ބެން އެފްލެކްގެ ކައިވެންޏަށް ދެ އަހަރު ވީތަނާ ދެ މީހުންގެ ކައިވެނި ރޫޅާލައި ވަރިވުމަށް ކޯޓަށް ގޮސްފިއެވެ.

އެކީގައި ލޯބިން އުޅެ އެންގޭޖުވުމަށް ފަހު، އެ ރޫޅި ދެ މީހުން އެތައް އަހަރެއްގެ ފަހުން ދިމާވެ، އަލުން ކައިވެނިކުރީ 2022 ވަނަ އަހަރެވެ. އެއާއެކު ޖޭލޯ ބުނަމުން ދިޔައީ ދެ މީހުން ދިމާވީ ވަރަށް ވަރުން އުޅެމުން ކަމަށެވެ. އަދި، އެތައް އަހަރެއް ވަންދެން، ކާމިޔާބުނުވެ އޮތް ލޯތްބަށް އުފާވެރި ނިމުމެއް ލިބި އާ ފެށުމެއް ފެށޭތީ ދުވަހަކު ނުވާ ފަދަ އުފަލެއްވެފައިވާ ކަމަށް ޖޭލޯ މީގެ ކުރީން ބުނަމުން ދިޔައެވެ.

ދެ މީހުންގެ ކައިވެންޏަށް އެއް އަހަރު ފުރުމުން ދެ މީހުންގެ ކައިވެނީގެ ހުވާތައް އާކޮށް އަލުން ކައިވެންޏެއް ކޮށްފައިވަނީ މިދިޔަ އަހަރެވެ. މިއީ 17 ވަރަކަށް އަރު ފަހުން ދެ މީހުން ދިމާވެ، ލޯބި އަލުން ފެށުމުގެ ހެއްކެއް ކަމުގައި ދެމަފިރިން ބުނަމުން ދިޔައެވެ.

ނަމަވެސް، އެއަށް ފަހު ދެ މީހުން ވަރިވާން އުޅޭ ވާހަކަތަކެއް ދެކެވެން ފަށާފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޖޭލޯ ދިޔައީ މި ވާހަކަތައް ދޮގު ކުރަމުންނެވެ. އެކަމަކު، އެންމެ ފަހުން މި ވާހަކަތައް މި އޮތީ ކަށަވަރުކޮށްދީފައެވެ.

އެފްލެކް ގާތުން ވަރިވުމަށް ޖޭލޯ ވަނީ ލޮސް އެންޖެލެސް ކައުންޓީ ސުޕީރިއާ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި ދެ މީހުން އެކީގައި ދިމާވެފައިނުވާއިރު ވާހަކަ ވެސް ނުދައްކާތާ އެތައް މަހެއް ވެއްޖެއެވެ.

ދެ މީހުން ވަރިވާން ނިންމާފައިވާ ސަބަބެއް ނޭނގެއެވެ. ނަމަވެސް، ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ފޫހިވާ ކަމަށް ބުނެ ވާހަކަތައް ދެކެވެމުން ދެއެވެ.

comment ކޮމެންޓް