ކާރިސާތަކަށް ތައްޔާރުވެ، މެދުނުކެނޑި ޚިދުމަތްދިނުމަށް ސްޓެލްކޯއިން އެންޑީއެމްއޭއާއެކު އެއްބަސްވުމެއް

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް ސްޓެލްކޯއިން އެންޑީއެމްއޭއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ސްޓެލްކޯ

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރެވޭނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް ސްޓެލްކޯއިން އެންޑީއެމްއޭއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ސްޓެލްކޯ

އަދި ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް، މި އެއްބަސްވުމުގެ ސަަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް ސްޓެލްކޯއިން އެންޑީއެމްއޭއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އަދި މިކަމުގެ ސަބަބުން، ދަތިއުނދަގޫ ކަމެއް ދިމާވި ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ކަށަވަރުވާނެ ކަމަށް އެމްޑީ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ ގެތަކަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އުތުރުގެ ރަށްތަކަށް ވެސް މިވިއްސާރައިގައި ގެއްލުން ލިބިފައި ވާކަމަށް އެމްޑީއެމްއޭއިން ބުންޏެވެ.

comment ކޮމެންޓް