އެމްޓީސީސީގެ ސީއީއޯ އާއި އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މަގާމުން ވަކިކޮށްފި

އެމްޓީސީސީގެ ސީއީއޯ މުހައްމަދު ޒިޔާދު

އެމްޓީސީސީގެ ސީއީއޯ މުހައްމަދު ޒިޔާދާއި އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން މުހައްމަދު މިހާދު މާގަމުން ވަކިކޮށްފިއެވެ.

މި ދެބޭފުޅުން މަގާމުން ވަކިކުރިކަން އިއުލާނުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

މި ބޭފުޅުން މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމުން ޒިޔާދު ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ، އަހުމަދު ސައުދީއެވެ. އަހުމަދު ސައުދީއަކީ، ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި ސައުދީ ވަނީ، ޔޫތު މިނިސްޓްރީގެ ނައިބުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން، ޕީސީބީން ކޮށްފައިވާ އިއުލާނުގައި ވަނީ ޑިވެލޮޕްމަންޓް ބޭންކަށް ތިން ބޯޑު މެމްބަރަކު މިއަދު އައްޔަން ކުރައްވާފައި ވާކަމަށެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ޒިޔާދު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް