96 ގުރާމުގެ މަސްތުވާތަކެއްޗާއެކު ގައްދޫން ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ގދ. ގައްދޫ ފަހާގޭ އުމުރުން 38 އަހަރުގެ އަލީ ނާސިރު--- ފޮޓޯ/ ފުލުހުން

ގދ. ގައްދޫއިން 96 ގުރާމުގެ މަސްތުވާ ތަކެއްޗާއެކު ދިވެހި ފިރިހެނެއް އިއްޔެ ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އެރަށު ފަހާގެ، އުމުރުން 38 އަހަރުގެ އަލީ ނާސިރު ކަމަށެވެ.

މީނާ ހައްޔަރުކުރީ ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތިން ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި ވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި 96.45 ގުރާމު ހުރިކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލާ ތަކުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް