ރަށްރަށުގެ ގާބިލުކަމާއި ނާޒުކުކަން ދެނެގަތުމަށް ރެޑްކްރެސެންޓުން މި އަހަރު ތެރޭ ދިހަ ރަށެއްގައި ދިރާސާއެއް ހެދުމަށް ނިންމާފައި ވާކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން މިރޭ ބުނެފިއެވެ.
ސްޓެރެޓެޖީ ޕެލޭނާ ގުޅުން ހުރި މައުލޫމާތު ދެއްވަމުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ރެޑްކްރެސެންޓުގެ މާލެ ސިޓީ އޮފީހުގެ މެނޭޖަރު މުޙައްމަދު އަދީލް ވިދާޅުވީ، އެ ޕްލޭންގައި އެމަޖެންސީ ރެސްޕޮންސްގެ ބައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން، ރެޑް ކްރެސެންޓުގެ އެންމެ ބޮޑު މަގުސަދަކީ އެ ޖަމިއްޔާގެ ހުރިހާ ދަރުމަވެރިންނަށް މިކަމާ ގުޅުން ހުރި ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށް އަދީލް ވިދާޅުވިއެވެ.
އެ ޖަމިއްޔާގެ ޑޯނަރުންގެ ފަރާތުން ވަރަށް ބޮޑު ފައިސާގެ އެހީތެރިކަމެއް ލިބޭކަން ފާހަގަކުރައްވައި އަދީލް ވިދާޅުވީ، މިހާރު 'ސްޕްރިންގް ޕްރޮޖެކްޓު'ގެ ނަމުގައި އިތުރު ޕްރޮޖެކްޓެއް ހަދާފައި ވާކަމަށެވެ.
ސްޕްރިންގް ޕްރޮޖެކްޓަކީ ވަރަށް ބޮޑަށް ސްޓްރެންތަނީ ރެސީލިއެންސް ޕްލޭނިން އެންޑް ކޮމިއުނިޓީ ޕްރިޕެއާނަސް ގޮތުގައި އަޅުގަނޑުމެން މި ޕްރޮޖެކްޓު ހިންގަމުން ދާނީ ރާއްޖޭގެ އަޅުގަނޑުމެންގެ ކަނޑައެޅިފައި އޮތް ދިހަ ސަރަހައްދެއްގައިރެޑްކްރެސެންޓު މާލެ ސިޓީ އޮފީހުގެ މެނޭޖަރު މުޙައްމަދު އަދީލް
އިތުރަށް މި ޕްރޮޖެކްޓާ ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރައްވަމުން އަދީލް ވިދާޅުވީ، މި ޕްރޮޖެކްޓުގެ ތެރެއިން މުއައްސަސާތަކާއި ޚާއްސަކޮށް ކައުންސިލްތަކާ ގުޅިގެން ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އޭގެތެރޭގައި، ޓްރެއިނިންތައް ކުރިއަށްގެންދިޔުމާއި ރަށުގެ ގާބިލްކަމާއި ނާޒުކުކަން ދެނެގަތުމަށް ދިރާސާއެއް ހެދުން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އެ ދިރާސާގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު، ކޮންމެ އަހަރަކު ވެސް ކައުންސިލްތަކުން އެކުލާވާ ޕްލޭން ހަދާއިރު، އެ ޕްލޭންގެ ތެރެއަށް ދިރާސާއިން ފާހަގަކުރެވޭ ކަންތައް ހިމެނުމަށް އިރުޝާދު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެންހޭސް ވަލްނަރަބިލިޓީ ކެޕޭސިޓީ އެސެސްމަންޓުތައް ހެދުމުގެ މަސައްކަތްތައް ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ދިހަ ރަށެއްގައި މިހާރު ވަނީ ތައްޔާރުކުރެވިފައި، އޭގެތެރޭގައި ބައެއް ރަށްރަށް މިދިޔަ އަހަރުގެ ޕްރޮޖެކްޓުގެ ތެރެއިން އަޅުގަނޑުމެނަށް މިހާރު ވަނީ ކޮންޕްލީޓްކުރެވިފައިރެޑްކްރެސެންޓު މާލެ ސިޓީ އޮފީހުގެ މެނޭޖަރު މުޙައްމަދު އަދީލް
މި މަސައްކަތްތައް ހިންގާއިރު އެެންމެ ބޮޑު އެހީއަކީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)ކަން އަދީލް ވަނީ ފާހަގަކުރައްވާފައެވެ. އަދީލް ވިދާޅުވީ، އެ ޕްރޮޖެކްޓުތައް ދިހަ ރަށެއްގައި ފެށުމުގެ މަޝްވަރާތައްނިމި މިހާރު ހުރީ މަސައްކަތްތައް ފަށާ ހިސާބުގައި ކަމަށާއި އެކަން ނުފެށިގެން އުޅެނީ މިދުވަސްވަރުގެ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.