ފުޓުބޯޅަ ކުޅުއްވުމުގެ ތެރޭގައި މިނިސްޓަރު އަސްވާޑުގެ އަތް ހުޅުން ނެއްޓި ފަރުވާދެނީ

ފުޓުބޯޅަ ކުޅުމުގެ ތެރޭގައި މިނިސްޓަރު އަސްވާޑު އަށް އަނިޔާވެ ޓްރީޓޮޕްގައި ފަރުވާ ދެނީ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފުޓުބޯޅަ ކުޅުމުގެ ތެރޭގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)ގެ އަތް ހުޅުން ނެއްޓި އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މިނިސްޓަރަށް އަނިޔާވީ ޒުވާނުންގެ ދުވަހާ ގުޅިގެން ހުޅުމާލެ ރެހެންދި ޓާފް ދަނޑުގައި ފުޓުބޯޅަ ކުޅުއްވަމުން ގެންދަވަނިކޮށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކުޅުއްވަން އުޅުއްވުމުގެ ތެރޭގައި މިނިސްޓަރުގެ އަތް ހުޅުން ނެއްޓުނީއެވެ.

އަނިޔާވުމާއެކު، މިނިސްޓަރު ވަނީ ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިހާރުވަނީ ފަރުވާދޭން ފަށައިފިއެވެ. އޭގެ އިތުރަށް މިނިސްޓަރު އަސްވާޑަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މިނިސްޓަރުގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ޔޫތު މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް