ކެންސަރު ޖެހިގެންކަމަށް ބުނެ އޮޅުވާލައިގެން އެތައް ލައްކަ ރުފިޔާއެއް ހޯދިކަމަށް ތުހުމަތުކޮށް، މީހަކާ ދެކޮޅަށް އަޑު އުފުލައިފި

ކެންސަރު ޖެހި ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ހޯދި މީހަކާއި ދެކޮޅަށް އަޑު އުފުލައިފި ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެންސަރު ޖެހިގެން ކަމަށް ބުނެ, މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް، މީހަކާއި ދެކޮޅަށް އަޑު އުފުލަން ފަށައިފިއެވެ.

އެ މީހުން އަޑު އުފުލާފައިވަނީ މާލޭ ގަލޮޅު އަސްޑާ ކެފޭ ކައިރީގައި، އެ މީހާ ދިރިއުޅެމުން އަންނަ ގެކައިރީގައެވެ.

ފުލުހުން ބުނީ ގ. އަސްޑާ ކެފޭ ހުންނަ ހިސާބުގައި މިރޭ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ސޯޝަލްމީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދީ އަންހެނެކެވެ.

އަދި އެ އަންހެން މީހާ އެ ސްކޭމްގައި ޖެހުނު ފިރިހެން މީހާގެ އަތުން 300،000ރ. އޮޅުވާލައިގެން ނެގި ކަމަށް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެ ކަމުގައި އަޑުއުފުލަން ޓިކްޓޮކުގައި ވެސް މީހުން ލައިވްތަކަށް އަރައިފައިވެއެވެ.

comment ކޮމެންޓް