ރާއްޖޭގައި އިންޑިއާގެ ޔޫޕީއައި ޕޭމަންޓުގެ ޚިދުމަތް ތައާރަފްކުރަނީ

ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ދިނުމަށް ޓަކައި އެމްއޯޔޫގައި ސޮއިކުރުން --

ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ދިނުމަށް ޓަކައި އެ ކަމަށް ޚާއްސަ އެމްއޯޔޫއެއްގައި މިރޭ ސޮއިކޮށްފިއެވެ.

މި އެމްއޯޔޫ ދެ ގައުމުގެ ސަރުކާރުން ބަދަލުކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ރަސްމިއްޔާތުގައި ޔޫޕީއައިގެ ޚިދުމަތް ފެށުމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައިވަނީ ސޮއިކޮށްފައެވެ.

އެކަމާ ގުޅުވައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، އިންޑިއާގެ ޔޫޕީއައި ސިސްޓަމުގެ ތެރެއިން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވިފައިވާކަމަށެވެ.

އެގޮތުން، ޔޫޕީއައިގެ ތެރެއިން ދުނިޔޭގެ 40 ޕަސެންޓް ރިއަލްޓައިމް ޕޭމަންޓުތައް ހިނގަނީ އިންޑިއާގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.

https://sun.mv/195287

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގައި ޔޫޕިައި ޕޭމަންޓު ތައާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.

comment ކޮމެންޓް