ކުރީގެ ސިޔާސީ ލީޑަރުން ވަނީ ޖީލެއް ހަލާކުކޮށްލާފައި: ނައިބު ރައީސް

ސިޔާސީ ލީޑަރުން އެތިބީ ޖީލެއް ހަލާކުކޮށްލާފަ: ނައިބު ރައީސް

ކުރީގެ ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލައިފި ކަމަށާއި، މިއަދުގެ މުޖުތަމައުން މި ފެންނަނީ އެކަމުގެ ހިތި ނަތީޖާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފް މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ ވޭތުވެދިޔަ މާޒީތަކުގައި ސިޔާސީ ލީޑަރުންގެ ފަރާތުން، ރައްޔިތުންނަށް ދަސްވަމުން އައި އެއްޗަކީ، ނަފްރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިކަން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ސިޔާސީ ލީޑަރުން ފަރާތުން ރައްޔިތުންނަށް ދަސްވަމުން އައީ، އެކަކު އަނެކަކަށް އަރައިރުންވުމާއި ސިޔާސީގޮތުން ޒާތީވުން ކަމަށެވެ.

ސިޔާސީ ލީޑަރުން އެތިބީ ޖީލެއް ހަލާކުކޮށްލާފަ: ނައިބު ރައީސް

"އިހުމާލުނުވާކަށްވީ އެއްވެސް ސަބަބެއް ނެތް، ގާނޫނެއް ހިނގަނީކީ ނޫން. ރައްޔިތުން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލެވިފައި އޮތީ، ކުށްކުރާ މީހުންނަށް އަދަބު ދެވެނީކީ ނޫން. މި ދެންނެވިގޮތަށް ކަން ބައްޓަންވެގެން ދިޔައިނުންގޮސް ދައުލަތުގެ ބަޖެޓަށް ކުރި އަސަރުތަކާއި ރައްޔިތުންގެ ފުދުންތެރިކަމަށް ކުރި އަސަރު މިއޮތީ ފެންނަން،" ނައިބުރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާ ވާހަކަ ދައްކާއިރުގައި ވަށައިގެންވާ މާހައުލަށް ވިސްނާލުމަކީ ޒިންމާއެއް ކަމަށާއި ދުލުން ބުނާ ބަހަކުން އިޖްތިމާއީ ގޮތުން ނިކުންނާނެ ނޭދެވޭ އަސަރުތަކާއި ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން އޮތީ، މަސްވެރިންނަށް ދަންނަވާލަން އޮތީ، އިސްރަށްވެހިންނަށް ދަންނަވާލަން އޮތީ، ކަނބަލުންނަށް ދަންނަވާލަން އޮތީ، އެމަނިކުފާނު [ރައީސް ޑރ. މުޙައްމަދު މުއިއްޒު] ހާލަތާއި ވަގުތައް ބެއްލެވުމަށްފަހުގައި، ތިބޭފުޅުންގެ އަޑުއެހުމުގައި ފުއްކެއްވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފެއްދުމާއި ރުޅިވެރިކަން އުފެއްދުމަށް ތަކުރާރުކޮށް ބަޔަކު މަސައްކަތްތަކެއް ކުރިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލޮލަށް ޕޭޕާ ސްޕްރޭ ޖެހި ދުވަސްވަރު ރައްޔިތުންވި ގުރުބާން ހަނދާން ނުނެތޭނެ ކަމަށާއި އެކަމުން އަރައިގަތުމަށް ވަގުތު ކޮޅެއް ނަގާނެ ކަމަށާއި ރަައީސް ޑރ މުހައްމަދު މުއިއްޒު ތަފާތު ދައްކަވާނެ ކަމަށެެވެ.

މިރޭ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަޙީމްއާއި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުންވަނީ ކުރީގެ ރައީސް ޔާމީނަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފައެވެ.

comment ކޮމެންޓް