އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަން ކުރައްވައިފި

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)ގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރަކަށް މުޙައްމަދު ނިމާލް ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި--- ފޮޓޯ/ ރައީސް އޮފީސް

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)ގެ އައު ޗީފް އެގްޒެކެޓިވް އޮފިސަރަކަށް މުޙައްމަދު ނިމާލް، ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.

ނިމާލް އެ މަގާމަށް އައްޔަން ކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މުޙައްމަދު ނިމާލަކީ މީގެ ކުރިން މާލެ އަތޮޅު ކައުންސިލުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި މިނިސްޓާ ކައުންސެލާގެ މަޤާމާއި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރާއި ބޯޑު މެންބަރުކަމާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ނިމާލް ވަނީ ކުރައްވާފައިވެއެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވާސިޓީން ބެޗްލާ އޮފް ބިޒްނަސް (މާކެޓިން) ހާސިލުކުރައްވާފައެވެ.

އެލްޖީއޭގެ ސީއީއޯއަކަށް ކުރިން ހުންނެވި ޑރ. މަރިޔަމް ޒުލްފާ އިއްޔެ ވަނީ އެ މަގާމުން ވަކި ކުރައްވައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފައެވެ.

comment ކޮމެންޓް