ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މިރޭ 20:00 ހާއިރު ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލައެއް ރިޕޯޓްކޮށްފައި ވާކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށާއި މާރާމާރީގައި އަނިޔާވި މީހާއަށް ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުދާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީ ހިންގުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެފައި އެބަ ހުއްޓެވެ.