ހަ އަހަރަށް ފަހު މެލޭޝިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފެށުން ފާހަގަކުރުމުގެ ތެރެއިން: ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއާލައިންގެ ބޯޓު ވަނީ ވީއައިއޭގައި ޖައްސާފައި -- ފޮޓޯ/ ވީއައިއޭ

މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ.

މިއަދު މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއެކު ފުރި މެލޭޝިއާ އެއާލައިންގެ ބޯޓެއް 11:20ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޖައްސައިފައެވެ.

މެލޭޝިއާ އެއާލައިނުން މިއަދު ޖެއްސި ފުރަތަމަ ބޯޓަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އިތުރުން މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފެށުން ފާހަގަކުރުމުގެ ތެރެއިން: ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ޓޫރިޒަމް މިނިސްޓްރީއާއި، އެމްއޭސީއެލްއާއި، އެމްއެމްޕީއާރްސީގެ އިތުރުން މެލޭޝިއާ އެއާލައިންސްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައި -- ފޮޓޯ/ ވީއައިއޭ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއާލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށާއި މެލޭޝިއާ އެއާލައިންސްއިން ދަތުރުތައް ފެށުމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ ސަރަހައްދުން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއާލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސާވިސް އޭޖެންޓް ނުވަތަ ހޭންޑްލިން އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުން. އެގޮތުން ދިވެހިންނަށް ޖީއެސްއޭގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށްޓަކައި މަސައްކަތް ކުރާނަން، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފެށުން ފާހަގަކުރުމުގެ ތެރެއިން: ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއާލައިންގެ ބޯޓު ވަނީ ވީއައިއޭގައި ޖައްސާފައި -- ފޮޓޯ/ ވީއައިއޭ

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މެލޭޝިއާއާއި ރާއްޖެއާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް އިތުރުވުމަކީ އިގުތިސާދީގޮތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ. އަދި އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަނީ އެއާލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއާލައިންގެ ޗެކިން ފަށާފައިވަނީ ވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއާލައިންސްގެ ޗެކިން ކައުންޓަރު ހުޅުއްވައިދެއްވީ އެ އެއާލައިންގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޓާމިނަލް އަދި ޕަސެންޖާ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.

ކޮންމެ ދުވަހަކުވެސް މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 800-737 މަރުކާގެ 174 ސީޓުގެ ފުލައިޓެކެވެ.

މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފެށުން ފާހަގަކުރުމުގެ ތެރެއިން: ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއާޕޯޓުން 168 ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއާލައިންގެ ބޯޓު ވަނީ ވީއައިއޭގައި ޖައްސާފައި -- ފޮޓޯ/ ވީއައިއޭ

މެލޭޝިއާ އެއާލައިންސްއިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ ގައުމެކެވެ. އެއާ އޭޝިއާ އާއި ބަޓިކް އެއާފަދަ އެއާލައިންތަކުން މިހާރު ވެސް މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރެއެވެ.

މި ފަހުން ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ފަށައިފައި ވާއިރު މެދުއިރުމަތީގެ ބަޖެޓު އެއާލައިނެއް ކަމަށްވާ އެއާ އަރޭބިއާއިން އަންނަ އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ޝާރްޖާއިން ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކު ޑައިރެކްޓް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ޗައިނާގެ ޒިއަމެން އެއާލައިންސްއިން ވެސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފައެވެ.

comment ކޮމެންޓް