އިލްމީ ދިރާސާތަކެއް ކުރުމަށް "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި ކޮލެޖެއް އުފައްދަނީ

ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހިމް: އިލްމީ ދިރާސާތަކެއް ކުރުމަށް ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ކޮލެޖެއް އުފައްދަނީ -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އިލްމީ ދިރާސާތަކެއް ކުރުމަށް "ދިވެހި ގައުމިއްޔަތުގެ އިސްވަރު"ގެ ނަމުގައި ކޮލެޖެއް އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެސްއެސްޓީވީން މިރޭ ގެނެސްދިން "ބާރު ހަތަރެއް" ޕްރޮގްރާމުގައެވެ. ވަޒީރު ވިދާޅުވީ، ގައުމީ ލޯބި ދިވެހިންގެ މެދުގައި އާލަކުރުމުގެ މަސައްކަތް ބެހިފައި އޮންނަނީ މަދަރުސީ ބަޔަކާއި އިލްމީ ބަޔަކަށް ކަމަށެވެ.

އެގޮތުން، މަދަރުސީ ބައި ކުރިއަށް ގެންދަނީ، އެޑިއުކޭޝަން މިނިސްޓްރީން ކަމަށްވާއިރު، އެ ވުޒާރާއިން އިލްމީ ބައި ކުރިއަށް ގެންދަނީ ދިރާސާތަކާއި އެކަމާ ބެހޭ ވަސީލަތްތައް ގާއިމުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ދިދަ: އިލްމީ ދިރާސާތަކެއް ކުރުމަށް ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ނަމުގައި ކޮލެޖެއް އުފައްދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވަޒީރު ވިދާޅުވީ، ރައީސް މުއިއްޒު އުފައްދަވާފައިވާ ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ މަސައްކަތް ހިނގަން ފެށުމުން ގައުމިއްޔަތު ކޮލެޖުގެ މަސައްކަތްތައް އިތުރަށް ފުޅާވާނެ ކަމަށެވެ.

އެހެންވީމާ އެބޭފުޅުން ދިވެހިންގެ ކަންކަމާ ވިސްނައި، ފިކުރުކުރުން، ޚިޔާލު ކުރެއްވުން، އަދި އެ ބޭފުޅުން ކުރައްވާ މަސައްކަތްތަކެއް މީގައި ހުންނާނީ. މިއީ ފަހަރެއްގައި ވެސް ރާއްޖޭގައި މިހަރަ އެހެނިހެން ކޮލެޖުހެން ކުލާސްތަކަށް ކިޔަވާދޭ ކޮލެޖެއް ނޫން. އަޅުގަނޑުމެންގެ ކިޔަވާދިނުންތައް ކުރިއަށްދާނީ މި ދިރާސާ މަރުކަޒުގައި، އެކަމު އެއީވެސް ގައުމިއްޔަތާ ބެހޭ ބައިތައްދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް

ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ކޮލެޖާ ގުޅުން ހުރި ތަފްސީލުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މި ކޮލަޖީ ކިޔެވުމަށް ޚާއްސަ ކޮލެޖެއް ނޫން ކަމަށެވެ. މިއީ އެކި ރާއްޖޭގެ ސަގާފަތާ ގުޅޭ ތަފާތު ދިރާސާތައް ކުރުމަށް ޚާއްސަ ކޮލެޖެއް ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކޮލެޖުގައި ތިބޭނީ އެކި ދާއިރާތަކުން "ރާއްޖެ ދަސްކޮށްފައިވާ" ހަރު މީހުން ކަމަށެވެ.

https://sun.mv/194889

މީގެއިތުރުން، ދިވެއްސަކަށް ވަނީ ކިހިނެތްކަމާއި ދިވެހި ފަސްގަނޑާ އޮތް ގުޅުމަކީ ކޮބައިކަމާއި، ތާރީޚާ ސަގާފަތް އެނގެމުން ދިޔަވަރަކަށް ދިވެހިން ގައުމަށް ވަފާތެރިވެ، ފިކުރު ކުރާނެ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް