ފޯނު ނަމްބަރެއް ނެތަސް މިހާރު ވަޓްސްއެޕް ވެބް ވާޝަން ބޭނުން ކުރެވޭނެ

ވަޓްސްއެޮޕް: -- ފޮޓޯ/ ބްލޫމްބާގް

ފޯނު ނަމްބަރެއް ނެތިވެސް މިހާރު ވަޓްސްއެޕްގެ ވެބް ވާޝަން ބޭނުންކުރެވޭ ގޮތަށް އެޕްލެޓްފޯމަށް އަޕްޑޭޓެއް ގެނެސްފިއެވެ.

މީގެ ކުރިން ވަޓްސްއެޕް އެކައުންޓެއް ހެދުމަށް ފޯނު ނަންބަރެއް ބޭނުންވެއެވެ. ނަމަވެސް މިހާރު އީމެއިލް އެޑްރެހެއް ނުވަތަ އެހެން ގޮތްތައް ބޭނުންކޮށްގެން ވެސް އެކައުންޓް ހެދިދާނެއެވެ.

މި ބަދަލަކީ، އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ ޕްރައިވަސީ ރައްކާތެރިކުރުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވާނެއެވެ. އެގޮތުން ނޫސްވެރިން ފަދަ، ޝަހުސު ރައްކާތެރިކޮށްގެން މުއާމަލާތްކުރަން ބޭނުންވާ މީހުންނަށް މިއީ ބޭނުންތެރި ބަދަލަކަށް ވާނެއެވެ.

މީގެ އިތުރުން، މި ބަދަލާއެކު ވަޓްސްއެޕް ބޭނުންކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.

މިކަމުގެ ސަބަބުން ވަޓްސްއެޕް ބޭނުންކުރާ މީހުންގެ އަދަދު ވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، މި ބަދަލާއެކު އައު ސެކިއުރިޓީ މައްސަލަތަކެއް ވެސް ކުރިމަތިވެދާނެއެވެ.

އެހެންކަމުން ވަޓްސްއެޕްއިން އައު ސައިން އަޕް ގޮތްތައް، ރައްކާތެރިކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރަން ޖެހެއެވެ. އަދި ސައްހަ ނޫން އެކައުންޓްތައް ހެދުމާއި ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތްކުރަން ޖެހެއެވެ.

comment ކޮމެންޓް