ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ފުލުހުންތަކެއް: ފުލުހުން ހައްޔަރު ކުރަން އުޅެނިކޮށް، އަނިޔާވި މީހާ ވެންޓިލޭޓަރުގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފުލުހުން މިދިޔަ ހޯމަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވި މީހާގެ ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވީ 38 އަހަރުގެ ފިރިހެނަކަށެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ، މި ހާދިސާގައި ފުލުހުން އަމަލުކުރިގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ، އެ މައުލޫމާތު އާއިލާއިން ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންވެ، މި ހާދިސާ ހިނގި ގޮތް ބަލައިދިނުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގައި މިހާރު އެދިފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

https://sun.mv/194352

އޭރު އެ މީހާއަށް އަނިޔާވެ. ފަރުވާ ދިނުމަށް ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި ކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، މިހާރު އެ މީހާއަށް ފަރުވާ ދެނީ އެ ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފަދަ ހާދިސާތައް މަދުން ނަމަވެސް ދިމާވެފައި އެބަހުއްޓެވެ.

comment ކޮމެންޓް