ބާ ކައުންސިލްގެ އެކްސްކޯއިން ބަންޑާރަނައިބު ވަކިކުރަން އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ 15 ވަނަ ޖަލްސާގެ ތެރެއިން: މިއަދު ވަނީ ބާ ކައުންސިލްގެ އެކްސްކޯއިން ބަންޑާރަނައިބު ވަކިކުރަން އިސްލާހެއް ހުށަހަޅައިފަ -- ފޮޓޯ/ މަޖިލިސް

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގައި ބަންޑާރަނައިބަށް ނުހުރެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވައިދެއްވީ ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލު މަޖިލީހަށް ތައާރަފުކޮށްފައެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ވަނީ، ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި، ގާނޫނީ ވަކީލުންގެ ފަންނުގެ ކަންކަން ތަންފީޒުކޮށް ހިންގަނީ އެ ވަކީލުންގެ ފަރާތުން ހޮވާ މަންދޫބުން ކަމުގައި ހެދުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި އިސްލާހާ އެކު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ގާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބުރައީސަކާއި މެންބަރުންގެ މައްޗަށެވެ.

މީގެ އިތުރުން، މި ބިލުގައިވަނީ ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން ދޫކުރާ ލިޔުންތަކުގައި އެ ތަންތަނުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުމެވެ. އަދި، ބޭރު ގައުމުތަކުގައި ބޭނުންކުރުމަށްޓަކައި ދިވެހީންނަށް ބޭނުންވާ ބައެއް ލިޔުންތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދިނުން ހުއްދަކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެވެ.

comment ކޮމެންޓް