ސާޅީސް ދެ އަންހެނުން މަރާލި ކެންޔާ މީހަކު ހައްޔަރުކޮށްފި

ނައިރޯބީގެ ކުނިގޮނޑުން މަރާލައިފައިވާ މީހުންގެ ހަށިތައް ހޯދަނީ. ފޮޓޯ/އަލް ޖަޒީރާ

އެފްރިކާގެ ނައިރޯބީގެ ކުނިގޮނޑަކުން މަރާލާފައިވާ އަންހެނުންތަކެއްގެ ހަށިތަކެއް ފެނުމާ ގުޅިގެން ކެންޔާ މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ވަނީ 42 އަންހެނުން މަރާލި ކަމަށް އެއްބަސްވެފައި ކަމަށް ކެންޔާގެ ފުލުހުން ވަނީ ބުނެފައެވެ.

އެކްޓިން އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޑަގްލަސް ކަންޖާ ވިދާޅުވީ ކޮލިންސް ޖުމައިސީ ޚަލޫޝާ ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ ނައިރޯބީ ބާއެއް ކައިރީގައި ހުއްޓާ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މަރާލި މީހުންގެ ތެރޭގައި އޭނާގެ އަންހެނުންވެސް ހިމެނޭ ކަމަށެވެ.

ފުލުހުންގެ ޑައިރެކްޓަރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންސްގެ ވެރިޔާ މުޙައްމަދު އަމީން ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށްފަހު މައްސަލަ މިހާރު ތަހްޤީޤު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ޝައްކު ކުރެވޭ ދެވަނަ މީހާވެސް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮށާލުމަށްފަހު ޕްލާސްޓިކް ކޮތަޅުތަކަށް އަޅާފައިވާ ނުވަ މީހެއްގެ ހަށިގަނޑު ނައިރޯބީގެ ދެކުނު ސަރަހައްދެއްކަމަށްވާ، މުކުރު ސްލަމް ކައިރީގައި އޮންނަ ވަޅުގަނޑަކުން ވަނީ ފެނިފައެވެ.

comment ކޮމެންޓް