ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ރައީސް ކުށްވެރިކުރުން --

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ މަސައްކަތުގެ ތެރޭގައި ހަމަނުޖެހުމާއި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް ތަނެއްގައި ހިންގާ އެ ފަދަ ކޮންމެ ކަމެއް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

އަދި އެ މަނިކުފާނުގެ ހެޔޮ އެދުންތައްވަނީ ޓްރަމްޕާއި އޭނާގެ އާއިލާއާއި ހަމަލާގައި އަނިޔާވި މީހުންނާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

އެފްބީއައިއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޕެންސިލްވޭނިއާ ސްޓޭޓުގެ ބަޓްލާގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ޓްރަމްޕަށް ހަމަލާދިނީ އެ ސްޓޭޓަށް ނިސްބަތްވާ، ތޯމަސް މެތިއު ކްރުކްސް ކިޔާ މީހެކެވެ.

https://sun.mv/194286

ކްރުކްސް ދިރިއުޅެނީ، ކެމްޕެއިން ރެލީ ބޭއްވި ބަޓްލާއާ 43 މޭލު ދުރުގައި އޮންނަ އަވަށެއްގައިކަން ހާމަކޮށް، އެފްބީއައިއިން ވަނީ ހަމަލާއާ ގުޅުންހުރި ފޮޓޯއާއި ވީޑިއޯ އެ ބިއުރޯއާ ހިއްސާކުރުމަށް އެދިފައެވެ.

އެ ހަމަލާ ދިން ވަގުތު ސީކްރެޓް ސާވިސްއިން ވަނީ އޭނާއަށް ހަމަލާދީ މަރައިލައިފައެވެ. ނަމަވެސް އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް އޭނާގެ އަތުގައި ނެތް ކަމަށާއި އެއީ ކާކުކަން ދެނެގަންނަން ޑީއެންއޭއާއި ބަޔޮމެޓްރިކްސް ޓެސްޓުތައް ހެދި ކަމަށް އެފްބީއައިއިން ބުންޏެވެ.

comment ކޮމެންޓް