ދ. އަތޮޅު މަދަރުސާގެ 2022-2023 ވަނަ އަހަރުގެ މަތީ ސާނަވީ މަރުހަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު ކަމަށް މަރިޔަމް ނިރާ ޚަލީލް އަދި ސާނަވީ މަރުހަލާގެ ބެސްޓްއޯލްރައުންޑާއަކަށް އާމިނަތު އަލްމާސް ނަސީމް ހޮވިއްޖެއެވެ.
މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާގެ 2022-2023 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ރޭ ވަނީ ބާއްވައިފައެވެ. މި ޖަލްސާގައި ސާނަވީ މަރުހަލާގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލްކުރި އަލްމާސް ބުނީ، ސުކޫލެއްގެ ބެސްޓްއޯލްރައުންޑްގެ މަގާމު ހާސިލްކުރުމަށް އުފުލަންޖެހޭ ތަކުލީފާއި ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ގިނަވާނެ ކަމަށެވެ.
ބެސްޓްއޯލްރައުންޑް މަގާމުގެ ހުވަފެން ދެކެން ފެށީ އެކަން ފަހުމެވެ ހުރެކަން ފާހަގަކޮށް އަލްމާސް ބުނީ، ގަދަ ހިތްވަރާއެކު މަސައްކަތް ކުރެވިއްޖެނަމަ ކޮންމެ ދަރިވަރަކަށް ވެސް މިފަދަ ކާމިޔާބީއެއް ހާސިލްކުރެވޭނެ ކަމަށެވެ. އެގޮތުން، އަލްމާސް ވަނީ އެ ކާމިޔާބީ ހާސިލްކުރުމަށް ކުރަންވީ ކަންތައްތައް ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މަތީ ސާނަވީ މަރުހަލާގެ ބެސްޓްއޯލްރައުންޑާއަކަށް ހޮވުނު މަރިޔަމް ނިރާ ޚަލީލް ---- ސަން ފޮޓޯ/ މޫސާ ނަދީމް
އޭގެތެރޭގައި،
- ކޮންމެ ދުވަހަކު ސުކޫލުން ދޭ ފިލާވަޅުތަކުގެ ނޯޓްސް ހެދުން
- ކިޔެވުމަށް އިންޓަނެޓް ބޭނުން ކުރުން
- ސުކޫލުގެ ހަރަކާތްތަކުގައި ބައިވެރިވުން
- ދުއާ ކޮށް، ގުރުއާން ކިޔަވައި، ބަރާބަރަށް ނަމާދު ކުރުން
"އިލްމު ހާސިލްކުރުމަށްޓަކައި، ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހައި، ހޯދެން އޮތް ދިމާލަކުން އިލްމު ހޯދައިގެން، ތައުލީމީ އެންމެ މަތީ ކުރިބޯށިތަކަށް ވާސިލް ކުރެވޭތޯ މަސައްކަތް ކުރޭ. ސުކޫލުން ދޭ ފިލާވަޅުތަކުގެ އިތުރުން ކިޔެވުމަކީ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން، އަމިއްލައަށް ކިޔަވަން ދަސްކޮށްފިނަމަ ކުރިއަށްދާންވީ މަގު އޮންނާނީ ސާފުވެފައި." އަލްމާސް ކިޔައިދިނެވެ.

އެވޯޑު ހާސިލްކުރި ދަރިވަރުންތަކެއް ---- ސަން ފޮޓޯ/ މޫސާ ނަދީމް
އެ ޖަލްސާގައި ގްރޭޑް ނުވައެއް އަދި ދިހައަކުން ސަބްޖެކްޓު ޕްރައިޒް ހާސިލްކުރި ދަރިވަރުން:
- ސަބްޖެކްޓް ޕްރައިޒް އިން ގުރުއާން، ގްރޭޑް ނުވައެއް: އާއިޝަތު މިންހާ އަބްދުﷲ
- ސަބްޖެކްޓް ޕްރައިޒް އިން ގުރުއާން، އިސްލާމް، ހިސާބު، އެކައުންޓް އެންޑް އިކޮނޮމިކްސް، ގްރޭޑް ނުވައެއް: ޔޫސުފް އަލާން އިބްރާހީމް
- ސަބްޖެކްޓް ޕްރައިޒް އިން ގުރުއާން، ގްރޭޑް ދިހައެއް: އަބްދުﷲ ޔަމީން
- ސަބްޖެކްޓް ޕްރައިޒް އިން ގުރުއާން އެންޑް އިންގްލިޝް، ގްރޭޑް ދިހައެއް: އާމިނަތު އަލްމާސް ނަސީމް
- ސަބްޖެކްޓު ޕްރައިޒް އިން ގުރުއާން، ގްރޭޑް ދިހައެއް: އާއިޝަތު އާޔާ ޝަރީފް
- ސަބްޖެކްޓު ޕްރައިޒް އިން ގުރުއާން، ގްރޭޑް ދިހައެއް: އާމިނަތު މަނާލް ސާޖިދް
- ސަބްޖެކްޓު ޕްރައިޒް އިން ގުރުއާން، ގްރޭޑް ދިހައެއް: ފާތިމަތު ފަރަހަ ފާއިޒް
- ސަބްޖެކްޓް ޕްރައިޒް އިން ގުރުއާން އެންޑް އިންގްލިޝް، ގްރޭޑް ދިހައެއް: ހަމަދް އަބްދުއްރަޙްމާން
- ސަބްޖެކްޓް ޕްރައިޒް އިން އިސްލާމް، ގްރޭޑް ދިހައެއް: އާއިޝަތު އުޔޫން އުމަރު
- ސަބްޖެކްޓް ޕްރައިޒް އިން އިންގްލިޝް، ގްރޭޑް ދިހައެއް: އާއިޝަތު ނައުޝީން ނާސިރު

އިނާމު ދިނުމުގެ ޖަލްސާގައި ދަރިވަރުންތަކެއް ---- ސަން ފޮޓޯ/ މޫސާ ނަދީމް
ޖެނެރަލް ޕްރޮފެޝެންސީ އެވޯޑް، އޮނަލިސްޓެޑް އެވޯޑް އަދި ކްލާސް ޕްރައިޒް ހާސިލްކުރި ދަރިވަރުން:
- އޮނަލިސްޓެޑް އެވޯޑް އަދި ކްލާސް ޕްރައިޒް: ޔޫސުފް އަލާން އިބްރާހީމް
- ޖެނެރަލް ޕްރޮފެޝެންސީ އެވޯޑް: ރައުޝާ އިބްރާހީމް
- ޖެނެރަލް ޕްރޮފެޝެންސީ އެވޯޑް އަދި ކްލާސް ޕްރައިޒް: ހަމަދް އަބްދުއްރަޙްމާން
މީގެއިތުރުން ވެސް އެހެނިހެން އެވޯޑުތައް ދަރިވަރުންނަށް ދީފައިވާ ކަން ފާހަގަކޮށްލެވެއެވެ.