ޖޭޖޭ އޮކޯޗާއެކު އުރީދޫ ފަން ރަން ބާއްވައިފި

އުރީދޫ ފަން ރަން ހަރަކާތުގެ ތެރެއިން: މި ހަރަކާތުގައި ޖޭޖޭ އޮކޯޗާ ބައިވެރިވެފައިވޭ ----

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭޖޭ އޮކޯޗާއާއެކު އުރީދޫ ފަން ރަން ލ. ގަމުގައި ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން، މި ދުވުމުގައި ޖޭޖޭ އޮކޯޗާގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިއުއާއި އުރިީދޫގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންދިޔަ މި ދުވުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި ކޮންމެ ކިލޯ މީޓަރެއް ނިމުމުން، ބެހެއްޓިފައިވާ ސެޝަންތަކުގައި ކުލަ ޖެހުމުގެ އިތުރުން މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.

ޖޭޖޭ އޮކޯޗާ: އޭނާ ވަނީ އުރީދޫ ފަން ރަންގައި ބައިވެރިވެފައި ----

އޭގެއިތުރުން، މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ ހިނގާފައި ނުވަތަ ޖޮގްކޮށްފައި ނޫނީ ދުވެފައި ގޮސް ރޭސް ނިންމުމުގެ ފުރުސަތު ބައިވެރިންނަށް އޮންނަކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ ފަންރަންގެ ހަރަކާތަކީ ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވާ ހަރަކާތަކަށްވާއިރު، މިއީ އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އުރީދޫން ބުނީ، މި ދުވުމުގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

comment ކޮމެންޓް