ކޮޕާ އެމެރިކާ: އުރުގާއީ އަތުން ބަލިވެ އެމެރިކާ ކަޓައިފި

އުރުގުއާއީއިންވަނީ ކުޅުނު ތިން މެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނަ ކަށަވަރުކޮށްފައި --- ފޮޓޯ/ އަޝާގު އަލް އަވުސަތު

އެމެރިކާގައި މިހާރު ކުރިއަށްދާ ކޮމެބޯލް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި އެމެރިކާ ބަލިކޮށް، އުރުގާއީން ގްރޫޕްގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.

ކެންސަސް ސިޓީގެ އެރޯހެޑް ސްޓޭޑިއަމްގައި ކުުޅުނު މި މެޗު އުރުގުއާއީން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވީ ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މެޗުގައި އުރުގުއާއީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔަބުކޮށްދިނީ މެތިއަސް އެލިވޭރާއެވެ.

މި ކާމިޔާބީއާ އެކު އުރުގުއާއީން ކޮޕާ އެމެރިކާގެ ގްރޫޕް މަރުހަލާ ނިންމާލާފައިވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެމެރިކާއަށް ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ދިޔައީ ގުރޫޕްގެ ތިންވަނަ އަށެވެ.

އެހެންވެ، އެމެރިކާ މުބާރާތުން ކެޓީއެވެ.

މި ފަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގައި ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ 10 ޤައުމުގެ އިތުުރުން ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ހަ ޤައުމަކަށް ފުރުސަތު ދީފައިވެއެވެ.

މީގެ ތެރެއިން، ކުއާޓާ ފައިނަލްގެ ހަތް ޖާގަ ކަށަވަރުވެފައިވާއިރު މީގެ ތެރޭގައި ކޮންކާކަފް ސަރަހައްދަށް ނިސްބަތްވާ ދެ ޤައުމެއްވަނީ ޖާގަ ކަށަވަރުކޮށްފައެެވެ. ނަމަވެސް، އެ ސަރަހައްދަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ އިތުރުން މެކްސިކޯ ވަނީ ކަޓާފައެވެ.

comment ކޮމެންޓް