ވިޔަފާރިވެރިންގެ މިސްކިތް ތެރެއަށް ބޮޑުކަމުދިޔަ މައްސަލައެއް

ވިޔަފާރިވެރިންގެ މިސްކިތް: އެ މިސްކިތަށް ބޮޑުކަމުދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ވިޔަފާރިވެރިންގެ މިސްކިތުގެ ކާޕެޓު މައްޗަށް މީހަކު ބޮޑުކަމުދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ޕޯސްޓެއްގައި ބުނީ ވިޔާފާރިވެރިންގެ މިސްކިތުގައި މީހުން ނިދުމަކީ އާންމުކަމެއްކަމަށާއި، ސާފުކުރާ ވަގުތުގައިވެސް އެމީހުން ނުތެދުވެ ތިބޭ ކަމަށެވެ.

މީގެއިތުރުން އެމީހާ ބުނީ މިއަދުވެސް ވިޔަފާރިވެރިން މިސްކިތުގައި މީހަކު ގަސްތުގައި ބޮޑުކަމުގޮސްފައިވާ ކަމަށެވެ.

އެމީހާ ވަނީ މިސްކިތު ކާޕެޓު މައްޗަށް ބޮޑުކަމުގޮސްފައިވާ މަންޒަރާއި، މީހުން މިސްކިތުގައި ނިދާފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ލިބިފައެެއް ނުވެއެވެ.

މީގެ ކުރިން ވެސް މާލޭގެ މިސްކިތްތަކުގައި މިފަދަ މައްސަލަތައް ދިމާވެއެވެ. އެފަދަ މައްސަލަތަކާއި މިސްކިތުން ވައްކަން ކުރުން ފަދަ އަމަލުތައް ހުއްޓުވުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގައި ކެމެރާވެސް ހަރުކޮށްފައެވެ.

މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މިދިޔަ މަހު އެކަނިވެސް މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ އީދު މިސްކިތުން 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް